އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާޢީލް -- ފޮޓޯ/ އެމްޑީޕީ
އެމްޑީޕީއަކީ ވެރިކަމުން މީހުން ބާލާ ޕާޓީއެއް ނޫން ކަމަށާއި އޭގެ ބަދަލުގައި މީހުން ހަމަ މަގަށް އަޅުވާ ޖަވާބުދާރީ ކުރުވާ ބައެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން "ގާނޫނުއަސާސީގެ ދިފާއުގައި" ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، މި ވެރިކަން އަނިޔާވެރިކަމަކަށް ބަދަލުވަމުން ދިޔުން ހުއްޓުވަން ޖެހޭ ކަމަށާއި އެހެންވެ، އެމްޑީޕީން ތާއަބަދުމެ، އިހުތިޖާޖުކޮށް އަޑު އުފުލުމަކީ ކޮންމެހެން ވެސް ކުރާން ޖެހޭ ކަމެއް ކަމަށެވެ.
މި ސަރުކާރުން އެންމެ އާދައިގެ ރައްޔިތު މީހާގެ ދިރިއުޅުމަށް ވެސް ދަތިވާ ގޮތަށް ވިސްނާލުމެއް ނެތި ކަންކަން ކުރަމުންދާ މަންޒަރު ފެންނަކަން ފާހަގަ ކުރައްވަމުން ފައްޔާޒު ވަނީ ރައްޔިތު މީހާގެ ޖީބަށް އަތް ބާނައިގެން ދައުލަތް ހިންގަން އުޅޭ ކަމުގެ ތުހުމަތު ކުރައްވާފަ އެވެ.
"އަޅުގަނޑުމެން ކުރަން މި އުޅޭ ކަމަކީ ގާނޫނު އަސާސީގެ ތެރެއިން މި ސަރުކާރު ޖަވާބުދާރީ ކުރުވުން. އެކަން އަޅުގަނޑުމެންނަށް ކުރަން ޖެހެނީ ޖަލްސާ ބާއްވައިގެން ވިޔަސް މަގުމައްޗަށް ނުކުމެ މުޒާހަރާ ކޮށްގެން ނަމަވެސް އެކަންކަމުގައި އަޅުގަނޑުމެން ދެމިތިބޭނެ ކަމުގެ ޔަގީންކަން އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވަން،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ މަގުމަތިން ހިނގާއިރުގައްޔާއި މިސްކިތަކަށް ވަންނައިރުގައްޔާއި އަދި ހޮޓަލަކަށް އަރާއިރުގައި ވެސް، މުސްކުޅި އުމުރުން ފެށިގެން ޒުވާނުންނަށް ދާންދެން ބުނަނީ މި މީހުން ވެރިކަމުން ބާލަންވެއްޖެ ކަމަށް ކަމަށެވެ.
"އަޅުގަނޑުމެން އެބަ ދަންނަވަން އަޅުގަނޑުމެން މިއީ މީހުން ވެރިކަމުން ބާލާ ބައެއް ނޫނޭ މީހުން ހަމަ މަގަށް އަޅުވާ ބައެކޭ. އަޅުގަނޑުމެން ކުރަން މި އުޅޭ މަސައްކަތަކީ ގާނޫނުއަސާސީގެ އިމުގެ ތެރެއިން މި ސަރުކާރު ޖަވާބުދާރީ ކުރުވުން،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީން އަންނަނީ "ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުން" ނަމުގައި ބިޔަ ޖަލްސާއެއް މި މަހުގެ 10 ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ތައްޔާރުވަމުންނެވެ.
ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ކޮމެންޓް