އަލިމަސް ކާނިވާ
ހެންވޭރުގައި ހުންނަ އަލިމަސް ކާނިވަލުގެ ސްޓޭޖު ތަޅާލައި، އެތަނުގައި އާ ސްޓޭޖެއް އަޅައިދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއްޔެ އިޢުލާންކޮށްފިއެވެ.
މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވެއެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވަނަ ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ ހަމަ އެ ދުވަހު ސިޓީ ކައުންސިލްގެ އިދާރާގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.
މި މަސައްކަތާ ހަވާލުވާ ފަރާތުން މިހާރު ހުރި ސްޓޭޖު ތަޅާލައި ކުނިތައް އުކާލަން ޖެހޭނެއެވެ. އަދި އާ ސްޓޭޖުގެ ކޮންސެޕްޓް ޑިވެލޮޕްކޮށް، އިންޖީނިއަރިންގ އާއި ޑްރޯވިންގްސް ތައްޔާރުކޮށް ހުއްދަތައް ހޯދަން ވެސް ޖެހޭނެއެވެ. މީގެ އިތުރުން އާ ސްޓޭޖުގެ ސްޓްރަކްޗަރ ހަދައި ފިނިޝިންގ އާއި އިލެކްޓްރިކް އަދި ޕްލަމްބިންގގެ ހުރިހާ މަސައްކަތެއް ވެސް ކޮށްދޭން ޖެހޭނެއެވެ.
ކާނިވާ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމީ މިދިޔަ ޖުލައި މަހުއެވެ. މޭޔަރު އާދަމް އާޒިމް އޭރު ވިދާޅުވެފައިވަނީ ކާނިވާ ސަރަހައްދު ވަރަށް ބޮޑަށް ބާވެ، އެ ސަރަހައްދު ބޭނުންކުރާ މީހުންނަށް އަނިޔާއެއް ވެދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.
އަލިމަސް ކާނިވަލަކީ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި 2004 ވަނަ އަހަރު ސަރުކާރުން ހުޅުވި ތަނެކެވެ. އެ ކާނިވަލުގައި ހުންނަ ސްޓޭޖު މިހާރު ބޭނުންކުރަނީ ސިޔާސީ ހަރަކާތްތަކަށާއި މިއުޒިކް ޝޯތަކަށެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް