ޗައިނާ-ރާއްޖެ ގުޅުމުގެ ކުރިމަގު ވަރަށް އުޖާލާ: ޗައިނާ ސަފީރު

ޗައިނާގެ ސަފީރު ވަނީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފަ

ޗައިނާއާއި ރާއްޖޭގެ ގުޅުމުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ވަން ލިޝިން ވިދާޅުވެއްޖެއެވެ.

ސަފީރު މިފަދައިން ވިދާޅުވީ އެކަމަނާގެ ސަފީރުކަމުގެ ދައުރު ހަމަވުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ވަދާޢީ މެސެޖުގައެވެ.

ސަފީރު ވަން ލިޝިން ވަނީ އެކަމަނާގެ ދައުރުގައި ޗައިނާއާއި ރާއްޖޭގެ ގުޅުން ބަދަހިވެފައިވާ މިންވަރަށް އަލިއަޅުވާލައްވާފައެވެ. މިގޮތުން 2022 ވަނަ އަހަރު ދެ ޤައުމުގެ ގުޅުމަށް 50 އަހަރު ފުރުނު ކަން ފާހަގަކުރެއްވިއެވެ. އަދި މި 50 އަހަރުގެ ތެރޭގައި ސައިޒުގެ ގޮތުން ތަފާތު ދެ ޤައުމަކަށްވެސް ހަރުދަނާ ހަމަހަމަކަމުގެ ގުޅުމެއް ބޭއްވިދާނެކަން ދެއްކިފައިވާ ކަމަށް ވިދާޅުވިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް 10 އަހަރު ފުރޭކަން ސަފީރު ފާހަގަކުރެއްވިއެވެ. އެ ދަތުރުފުޅުގެ ތެރެއިން ސިނަމާލެ ބްރިޖުގެ މަސައްކަތާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުނު ކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ ޖެނުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުން ދެ ޤައުމުގެ ގުޅުމަށް އިތުރު ބަދަހިކަމެއް އައިސްފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މި ގުޅުން އައު ހަރުފަތަކަށް ގޮސްފައިވާ ކަމަށް ސިފަކުރެއްވިއެވެ.

ސަފީރު ވަން ލިޝިން ވަނީ ދެ ޤައުމުގެ ވެރިންގެ އިރުޝާދާއެކު މި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ގުޅުން ކުރިމަގުގައިވެސް އުޖާލާވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

56 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy