މިނިސްޓްރީ އޮފް ފިނޭންސް
ދައުލަތުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ބޭނުންވާ މަސައްކަތް ކުރުމަށް ރީފޯމް އޮފީހެއް ޤާއިމް ކުރުމުގެ މަސައްކަތް މާލީ ވުޒާރާއިން ފަށައިފިއެވެ.
މި އޮފީސް ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ މާލީ ކަންކަން ހަރުދަނާކޮށް، ޚަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގެންނަން ނިންމާފައިވާ އިސްލާހީ ބަދަލުތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރުމެވެ.
މާލީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، ރީފޯމް މަސައްކަތް މިހާރުވެސް ފެށިގެން ކުރިއަށްދާ ކަމަށާއި، ރީފޯމް އޮފީހާއެކު ރިފޯމްގެ ހުރިހާ މަސައްކަތެއް އެއް ހަމައެއްގައި ކުރިއަށް ގެންގޮސް، އެކަމުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މި މަސައްކަތާއެކު ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތައް ހާސިލްކުރުމަށް ފަސޭހަވާނެ ކަމަށްވެސް މާލީ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ރީފޯމް އޮފީސް ޤާއިމްކުރުމުގެ މަސައްކަތް ފެށިފައިވާއިރު، އެ އޮފީހުގެ މަސައްކަތް ހިންގުމަށް ކޮމިޝަނަރެއް ހޯދުމަށް މާލީ ވުޒާރާއިން ވަނީ އިޢުލާންކޮށްފައެވެ. މި މަޤާމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ރީފޯމް ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި އެކައުންޓިންގ އެންޑް ފައިނޭންސިންގ ދާއިރާއިން ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާސް ހާސިލްކޮށްފައިވުމާއި، މި ދާއިރާގައި 10 އަހަރުގެ ތަޖުރިބާ ހުރުން ހިމެނެއެވެ.
ރީފޯމް ކޮމިޝަނަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިސްލާޙީ ބަދަލުތަކުގެ އިސްތިރާތީޖުތައް އެކުލަވާލުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ފިސްކަލް ރިފޯމުތައް ކުރިއަށްދާ ގޮތުގެ ރިޕޯޓުތައް އެކުލަވާލައި، އެކަމާ ގުޅޭ އޮނިގަނޑުތައް އެކުލަވާލުމާއި ރޭވުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތްތަކުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، އިޤްތިޞާދީ ކުރިއެރުން ހޯދުމަށް މަގުފަހިވާނެ ކަމަށް އުންމީދުކުރެވެއެވެ.
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ
ކޮމެންޓް