އާސެނަލް ގެ ކުޅުން ވަނީ ރަނގަޅުކޮށްފައި
އިގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އާސެނަލް އިން މެންޗެސްޓާ ޔުނައިޓެޑް 2-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.
ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އާސެނަލް އިން މެޗުގެ ލީޑު ހޯދީ ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި ޖޫރިއެން ޓިމްބަރގެ ލަނޑަކުންނެވެ. މި ލަނޑަކީ އާސެނަލްއަށް ލިބުނު ކޯނަރެއްގައި ޑިކްލަން ރައިސް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ޓިމްބަރ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިން ލަނޑެކެވެ.
އާސެނަލް އިން ލީޑު ފުޅާކުރި ލަނޑު ފަހު ހާފުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ވިލިއަމް ސަލިބާއެވެ. މިއީ ތޯމަސް ޕާޓޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސަލިބާ ޖަހާލި ލަނޑެކެވެ.
މި ނަތީޖާއާއެކު ލީގުގައި ކުޅުނު 14 މެޗުން އާސެނަލްއަށް 28 ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން އެ އެ ޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. އަދި މި މެޗުން ބަލިވި މެންޗެސްޓާ ޔުނައިޓެޑް ލީގުގައި ކުޅުނު 14 މެޗުން ލިބުނު 19 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެ ޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 11 ވަނައިގައެވެ.
މިއީ މިފަހަކަސް އައިސް ފޯމުގެއްލިފައި އޮތް އާސެލްއިން އެޓީމުގެގެ ފޯމު ރަނގަޅުވަމުން އަންނަކަން ސާބިތުވެގެން ދިޔަ މެޗެއްކަމަށް ގިނަބަޔަކު ދެކެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް