ރާއްޖެ ބަނގުރޫޓުވުމުގެ ނުރައްކަލުން ސަލާމަތްވެއްޖެ - ފިނޭންސް މިނިސްޓަރު

މިނިސްޓަރ ޒަމީރު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ / ފޮޓޯ:މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއެކު ރާއްޖެ ބަނގުރޫޓުވުމުގެ ނުރައްކަލުން ސަލާމަތްވެފައިވާ ކަމަށްފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މާލީ ވަޒީރު މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޒަމީރު ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ޚިދުމަތް ކޮށްދެމުން ރާއްޖެއިން ދައްކަން ޖެހިފައި ހުރި ހުރިހާ ދަރަންޏެއް ދައްކަން އުޅެފިނަމަ ރާއްޖެ ބަނގުރޫޓުވާނެ ކަމަށް އައިއެމްއެފްގެ ރިޕޯޓުގައި ފާހަގަކޮށްފައި އޮތީ ރަނގަޅަށެވެ. ނަމަވެސް ރައީސް މުޢިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން އެ ހާލަތު ބަދަލުކޮށްލެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ބޭރުގެ ދަރަނިތައް ދެއްކުން ފަސްކޮށްގެން ބަނގުރޫޓުވުމުގެ ސިނާރިއޯއިން ރާއްޖެ މިހާރު ސަލާމަތްވެފައިވާ ކަމަށެވެ. އަދި އާމްދަނީ އިތުރުކުރުމުގެ މަގުތައް ރަނގަޅުކޮށް، ޚަރަދުތައް އަލުން ބައްޓަންކޮށް، ބައެއް ދަރަނިތަކުގެ މުއްދަތު އިތުރުކުރުމަށް ރަޙުމަތްތެރި ޤައުމުތަކާއެކު މަސައްކަތްކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު 124 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް ފާހަގަކުރައްވައި، މިނިސްޓަރު ޒަމީރު ވިދާޅުވީ އޭގެ ދެބައިކުޅަ އެއްބަޔަކީ ކުރީގެ ސަރުކާރުގެ ދަރަނި ކަމަށާއި އަނެއް ބަޔަކީ އޭގެ ކުރީގެ ސަރުކާރުތަކުގެ ދަރަނި ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދަރަނީގެ ހާލަތު މިއަދު ބަދަލުކޮށްފައިވާއިރު، ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ދެކެވޭ ވާހަކަތައް ވެސް މިހާރު ހުއްޓިފައިވާ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން މިހާރު އިރުޝާދު ދެނީ ހަމައެކަނި ޚަރަދު ކުޑަކުރުމަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

42 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy