ވާންގް ލީޝިން ( ވ) -- ނައިބު ރައީސް ހުސައިން މުޙައްމަދު (ކ) އަދި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު
މި ސަރުކާރުގެ ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ވިލުންތެރި، ކާމިޔާބީ ތަކާއި، ކުރިއެރުންތައް ފާހަގަ ކުރައްވައި، އެކަންކަމަށް ޓަކައި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވާންގް ލީޝިން ތައުރީފް ކުރައްވައިފި އެވެ.
ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފްގެ އަރިހަށް، އެކަމަނާ، މިއަދު ވަނީ ވަދާއީ ޒިޔާރަތެއް ކުރައްވައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް މި ބައްދަލު ކުރެއްވުމުގައި ރައީސް މުއިއްޒު އާއި މި ސަރުކާރުން ދެމުން ގެންދާ އެއްބާރުލުމާއި އިރުޝާދު، ފާހަގަ ކުރައްވައި ސަފީރު ވަނީ އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
އަދި ސަފީރު ވަނީ، މިސަރުކާރުގެ ވޭތުވެދިޔަ އެއްއަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ވިލުންތެރި، ކާމިޔާބީ ތަކާއި، ކުރިއެރުންތައް ފާހަގަކުރައްވައި، އެކަންކަމަށް ތައުރީފް ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، މަތީ ތައުލީމާއި، އުމްރާނީ ތަރައްގީ އާއި، ދަނޑުވެރިކަމާއި، ފަތުރުވެރި ކަމުގެ ދާއިރާ އިން ދޭދޭ ގުޅުންތައް ބަދަހިކޮށް، އިތުރަށް ކުރިއެރުވުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރެއްވި އެވެ.
އެއީ އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމްކޮށް، ދެމެހެއްޓެނިވި ރޫހެއްގައި އެއްބާރުލުން ދީގެން ހޯދިފައި އޮތް ކުރިއެރުމެއް ކަން ދެބޭފުޅުން ވެސް ފާހަގަކުރެއްވި އެވެ.
ޗައިނާ ސަފީރުގެ މި ވަދާއީ ޒިޔާރަތް ނިންމަވާލައްވަމުން، ކުރިއަށް އޮތް ދުވަސް ތަކުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން އަދި ވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ދެ ބޭފުޅުން ވަނީ ވިދާޅުވެ ފައެވެ.
މިއަދުގެ ބައްދަލު ކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ސަފީރު ވޮން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ތަކަށް ތައުރީފު ކުރައްވައި، ސަފީރުގެ ހައިސިއްޔަތުން އެ ކަމަނާގެ އިސްނެންގެވުމާ އެކު ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތް ތަކަށް ޝުކުރު އަދާކުރެއްވި އެވެ.
ޗައިނާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ އެއްބާރުލުމާ އެހީތެރިކަމަށް ވެސް ނައިބު ރައީސް ހުސެއިން ޝުކުރު އަދާކުރެއްވި އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް