ކެބިނެޓް ބައްދަލުވުމެއް ކުރިއަށް ދަނީ -- ފޮޓޯ/ ރައީސް އޮފީސް
ސަރުކާރުގެ އެކިއެކި އިދާރާ ތަކުން ހިންގައި ރިޓަޔަމެންޓް ސްކީމްގެ ތެރެއިން، ވަޒީފާ އިން އަލަށް ރިޓަޔާ ކުރާ މީހުންނަށް މަހުން މަހަށް ދެމުން އަންނަ އެލަވަންސް ކަނޑާލަން ނިންމި ނިންމުން ބާތިލު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އެގޮތަށް ނިންމެވީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހަށް ޚުދު އެމަނިކުފާ އެކަން ހުށަހަޅުއްވައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.
ރިޓަޔާ ކުރާ މުވައްޒަފުންނަށް ކޮންމެ މަހަކު ދޭ އެލަވަންސް ދިނުން އަންނަ އަހަރުގެ ޖެނުއަރީން ފަށައިގެން ހުއްޓާލަން ނިންމައި ފިނޭންސް މިނިސްޓަރު އަދި ޕޭ ކޮމިޝަނުގެ ރައީސް މޫސާ ޒަމީރު ސޮއި ކުރައްވާފައިވާ ސިޓީއެއް މިދިޔަ ހަފްތާގައި ވަނީ ސަރުކާރުގެ އިދާރާ ތަކަށް ފޮނުވާފަ އެެވެ.
އެ އެލަވަންސު ނުދޭން ނިންމުމާ ގުޅިގެން އެކިއެކި ފަރާތްތަކުން ފާހަގަކޮށްފައި ކަންބޮޑުވުން ތަކަށް ރިއާޔަތް ކުރައްވައި، ރައްޔިތުން ބޭނުންވާ ގޮތަކީ މި ވަގުތަށް މި ބާވަތުގެ ރިޓަޔާމަންޓުގެ އެލަވަންސްތައް ކަނޑާލުން ނޫން ކަމަށް ރައީސް ދެކެވަޑައިގަންނަވަ އެވެ.
ރައީސް އޮފީހުން ބުނީ އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން އެކި މުއައްސަސާތަކަށް ފޮނުވާފައިވާ ސިޓީ ބާތިލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި ކަމަށެވެ.
އެއާ އެކު އައު މުސާރައިގެ އޮނިގަނޑަށް ބަދަލުވާ ފަރާތްތަކުގެ ރިޓަޔާމަންޓް ޕެންޝަންގެ ކަންކަން މިހާރެކޭ ވެސް އެއްގޮތަށް ކުރިއަށް ގެންދިއުމަށާއި، އަދި އެ އޮނިގަނޑުގެ ތެރެއަށް ނުވަންނަ ފަރާތްތައް، އެ އޮނިގަނޑަށް ބަދަލުވުމާ ހަމައަށް، ރިޓަޔާމަންޓް ޕެންޝަނާ ގުޅޭ ކަންކަން މިހާރެކޭ ވެސް އެއްގޮތަށް ކުރިއަށް ގެންދެވުމަށް ވަނީ ނިންމާފަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް