ރާއްޖެއަށް އެތެރެ ކުރަން އުޅުނު ނުވަ ލައްކަ ރުފިޔާގެ ކޮކެއިން އަތުލައިގެންފި

ސކޫރިއާ މެދުވެރިކޮށްރާއްޖެއަށް އެތެރެކުރަން އެޅެނިކޮށް ކަސްޓަމްސުން އަތުލައިގަތް މަސްތުވާތަކެތި -- ފޮޓޯ/ ކަސްޓަމްސް

ކޮރިއާ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސުން އަތުލައިގެންފި އެވެ.

ކަސްޓަމްސުން ބުނީ އެ ތަކެތި އަތުލައިގަނެފައި ވަނީ މިދިޔަ ހޯމަ ދުވަހު ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އެ ތަކެތި ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ބަލައި ފާސް ކުރެވުނު ޕެކޭޖުގައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްއިން ބުންޏެވެ. އަދި، މި ތަކެތިީގެ ބަރުދަނުގައި ޖުމުލަ 395 ގްރާމް ހުރި ކަމަށެވެ.

ކަސްޓަމްސުން ބުނީ މި ތަކެތީގެ މަގުމަތީ އަގު 987,500.00 (ނުވަލައްކަ އަށްޑިހަ ހަތްހާސް ފަސްސަތޭކަ) ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި އެ މައްސަލައިގައި ހިމެނޭ ފިރިހެނެއް ފުލުހުންނާ ހަވާލުކޮށް މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮރިއާ މެދުވެރިކޮށް އަދި ވައިގެ މަގުންނާ ޕޯސްޓް މެދުވެރިކޮށް ވެސް ރާއްޖެއަށް މަސްތުވާތަކެތި ގެންނަ މިންވަރު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

މީގެ ތެރެއިން ވަކީން ހާއްސަކޮށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލަތައް ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

40 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy