ޑިޕާޗާ ޓެކްސް އާއި ޑިވެލޮޕްމަންޓް ފީއަށް ގެނައިބަދަލަށް އަމަލުކުރަން ފަށައިފި

ފަތުރުވެރިންގެ އަތުން ނަގާ ޓެކްސް މިއަދުން ފެށިގެން ބޮޑުވާނެ

ދިވެހިރާއްޖެއިން ފުރާ ފަސިންޖަރުންގެ އަތުން ނަގާ ފީއާއި ޓެކުހުގެ ޤާނޫނަށް ގެނައި އިސްލާހުތަކަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

މި އިސްލާހާ އެކު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ ނެގޭނެއެވެ. އެހެންނަމަވެސް، ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ބައިނަލްއަޤްވާމީ އެއަރޕޯޓުތަކުން ދަތުރުކުރާ ފަރާތްތަކުގެ އަތުން ނެގޭނީ ހަމައެކަނި ޑިޕާޗަރ ޓެކުހެވެ.

މި ބަދަލާ އެކު، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބޭރު މީހުންގެ އަތުން ކުރިން ނަގަމުން އައި 30 ޑޮލަރުގެ ބަދަލުގައި 50 ޑޮލަރު ނެގޭނެއެވެ. ބިޒްނަސް ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން 50 ޑޮލަރުގެ ބަދަލުގައި 120 ޑޮލަރު، އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން 90 ޑޮލަރުގެ ބަދަލުގައި 240 ޑޮލަރު ނެގޭނެއެވެ. ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން 120 ޑޮލަރުގެ ބަދަލުގައި 480 ޑޮލަރު ނެގޭނެއެވެ.

މި ބަދަލުތައް ގެނެސްފައިވީ ނަމަވެސް، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހި ފަސިންޖަރުންގެ އަތުން ނަގަމުން އައި ފީއަށް އެއްވެސް ބަދަލެއް ނުގެނެއެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެހިންގެ 97.8 އިންސައްތަ އަދި ބިދޭސީންގެ 90.2 އިންސައްތަ ދަތުރުކޮށްފައިވަނީ އިކޮނޮމީ ކްލާހުގައެވެ.

މީރާގެ ތަފާސް ހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި، މިދިޔަ އަހަރު އެއަރޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 65.5 މިލިއަން އެމެރިކާ ޑޮލަރު އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި 64.1 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ޓެކުހާއި ފީއަށް ގެނެވުނު މި އައު ބަދަލާ އެކު، އަންނަ އަހަރު 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

23 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy