ޑޮލަރަށް ބަރޯސާވުން ކުޑަކުރަން އުޅޭނަމަ 100 ޕަސެންޓް ޓެރިފް ނަގާނެ: ޓްރަމްޕް

އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް

ބްރިކްސް ގްރޫޕްގެ ގައުމުތަކުން ޑޮލަރަށް ބަރޯސާވުން ކުޑަކުރުމަށް ގެންގުޅޭ ޕްލޭނަށް އަމަލުކުރަން ފަށައިފި ނަމަ އެ ގައުމުތަކުން 100 ޕަސެންޓް ޓެރިފް ނަގާނެ ކަމުގެ އިންޒާރު އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް ވެބްސައިޓުގައި ލިޔުއްވާފައިވަނީ ބްރިކްސްއިން ކަރަންސީއެއް ނުއުފައްދާނެ ކަމާއި ބާރުގަދަ ޑޮލަރުގެ ބަދަލުގައި އެހެން ކަރަންސީއެއް ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ބޭނުންވާ ކަމަށެވެ. އެހެން ނޫން ނަމަ އެ ގައުމުތަކަށް ޖެހޭނީ އެމެރިކާއިން 100 ޕަސެންޓް ޓެރިފްއާ ކުރިމަތިލާން ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިޔާގެ ކަޒާންގައި މިދިޔަ މަހު ބޭއްވި ބްރިކްސް ސަމިޓުގައި ވަނީ ޑޮލަރު ނޫން މުއާމަލާތްތައް ކުރިއެރުވުމާއި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުން ހަރުދަނާ ކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. އަދި ބްރިކްސްގެ ތެރޭގައި ކޮރެސްޕޮންޑެންޓް ބޭންކިން ނެޓްވޯކްތައް ހަރުދަނާކުރުމަށް ގަރާރެއް ވެސް ފާސްކޮށްފައިވެއެވެ.

ޓްރަމްޕް ވިދާޅުވީ ބްރިކްސްގެ ގައުމުތަކުން މިހާރު ގެންގުޅޭ ޕްލޭނާ އެކު ކުރިއަށްދާން ބޭނުންވާ ނަމަ އެ މީހުން ޖެހޭނީ "ވަރުދަ އެމެރިކާ" ގެ އިގްތިސާދަށް މުދާ ވިއްކުން ހުއްޓާލަން ކަމަށެވެ.

ބްރިކްސް ގްރޫޕް 2009 ވަނަ އަހަރު އުފައްދައި މިހާރު ވަރަށް ބޮޑަށް ފުޅާވެފައިވާއިރު، އޭގެ ތެރޭގައި އީރާން، މިސްރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ގައުމުތައް ހިމެނެއެވެ. ޖުމްލަގޮތެއްގައި ދުނިޔޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ބޮޑު ބަޔަކީ ބްރިކްސް ކޯލިޝަނެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

52 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy