އަލަށް ރިޓަޔާ ކުރާ މީހުންނަށް މަހަކު އެއްފަހަރު ދެމުން އަންނަ އެލަވަންސް ހުއްޓާލަނީ

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު --

ސަރުކާރުގެ އެކިއެކި އިދާރާތަކުން ހިންގައި ރިޓަޔަމެންޓް ސްކީމްގެ ތެރެއިން، ވަޒީފާ އިން އަލަށް ރިޓަޔާ ކުރާ މީހުންނަށް މަހުން މަހަށް ދެމުން އަންނަ އެލަވަންސް ކަނޑާލަން ނިންމައިފި އެވެ.

ރިޓަޔާ ކުރާ މުވައްޒަފުންނަށް ކޮންމެ މަހަކު ދޭ އެލަވަންސް ދިނުން އަންނަ އަހަރުގެ ޖެނުއަރީން ފަށައިގެން ހުއްޓާލަން ނިންމައި ފިނޭންސް މިނިސްޓަރު އަދި ޕޭ ކޮމިޝަނުގެ ރައީސް މޫސާ ޒަމީރު ސޮއި ކުރައްވާފައިވާ ސިޓީއެއް ވަނީ ސަރުކާރުގެ އިދާރާ ތަކަށް ފޮނުވާފައެެވެ.

އެ ސިޓީގައި ބުނެފައި ވަނީ އެ ނިންމުމަކީ ސަރުކާރުގެ ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަ ކުރަން އަޅަން ނިންމާފައިވާ ފިޔަވަޅެއް ކަމަށެވެ.

މީގެ އިތުރުން އަންނަ ޖެނުއަރީން ފެށިގެން ޢަމަލު ކުރަން ފަށާ އެ އުސޫލުގެ ދަށުން، ރިޓަޔާ ކުރާ މީހުންނަށް ކޮންމެ މަހަކު ލިބޭ އެލަވަންސް ދެން ނުލިބޭނެ ކަމަށާއި އެކަމަކު، ރިޓަޔާ ކުރާ މުވައްޒަފުންނަށް ގަނޑުކޮށް ދޭ ފައިސާ ދެމުން ދާނެ ކަމަށް އެ ސިޓީގައިވެ އެވެ.

"އަލަށް ރިޓަޔާކުރާ މުވައްޒަފުންނަށް އިނާޔަތް ދިނުން ހުއްޓާލި ނަމަވެސް މި އަހަރުގެ ނިޔަލަށް ވަޒީފާ އިން ރިޓަޔާވެ މަހުން މަހަށް އިނާޔަތް ލިބޭ މުވައްޒަފުންގެ އިނާޔަތަށް އެއްވެސް އުނިކަމެއް ނާންނާނެ،" ސިޓީގައިވެ އެވެ.

ވަޒީފާއިން އަލަށް ރިޓަޔާ ކުރާ މުވައްޒަފުންނަށް އިނާޔަތް ދިނުުން ހުއްޓާލަން ނިންމާފައިވާއިރު، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ މަހަކު ދައުލަތުން ދެމުން އަންނަ 5،000 ރުފިޔާގެ އަސާސީ ޕެންޝަން، އަތްމަތި ތަނަވަސް މީހުންނަށް ނުލިބޭ ގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

47 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy