މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައިގައި ފުލުހެއްގެ ބައިވެރިވުމެއް ނެތް: ފުލުހުން

މަކަރުން ފައިސާ ހޯދުމުގައި ފުލުހެއްގެ ބައިވެރިވުންނެތް

ވައިބާ އެކައުންޓް ހެކްކޮށްގެން މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި ފުލުހެއް ބައިވެރިވާކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ މަޢުލޫމާތު ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައަކީ މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައެއް ކަމަށެވެ. އަދި މި މައްސަލައާ ގުޅުންހުރި އިތުރު ތިން މައްސަލައެއް ވެސް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މައްސަލަ ހުށަހެޅުމާއެކު ތަޙުޤީޤުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ވައިބާ އެކައުންޓް ރިކަވަރކޮށް އެ އެކައުންޓުގެ ވެރިފަރާތުގެ ބާރުގެ ދަށަށް ގެނެވިފައިވެއެވެ. އަދި ތިން މީހެއްގެ އަތުން އޮޅުވާލައިގެން ހޯދި ޖުމްލަ 10,100 ރުފިޔާގެ ތެރެއިން 5,600 ރުފިޔާ ހޯލްޑް ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ވަނީ މި މައްސަލައިގެ ތަޙުޤީޤުގައި މިހާތަނަށް ފުލުހެއްގެ އެއްވެސް ބައިވެރިވުމެއް ނުވަތަ ތުހުމަތުކުރެވިދާނެ އެއްވެސް ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށް ބުނެފައެވެ. ނަމަވެސް، އޮޅުވާލައިގެން ހޯދި ފައިސާ ދައުރުކުރުމުގައި ބޭނުންކުރި އެއް ބޭންކް އެކައުންޓަކީ ފުލުހެއްގެ އަނބިމީހާގެ ބޭންކް އެކައުންޓް ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި މައްސަލަ ބަލަމުންދަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުންނެވެ. އަދި މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާގެ ތެރެއިން ރިކަވަރ ނުކުރެވި ހުރި ފައިސާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ފުލުހުން ވަނީ ފުލުހުންގެ ޚިދުމަތުގެ ނަން ކިލަނބުވާ ގޮތަށް މަޢުލޫމާތު ފަތުރަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

27 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy