ހުޅުމާލޭ 4000 ފްލެޓުގެ މަޝްރޫޢުއަށް ނުދައްކާ އޮތް 178 މިލިޔަން ރުފިޔާ ދައްކާ ޚަލާސްކޮށްފި

ގިނަބައެއްގެ އުންމީދާއި ގުޅިފައިވާ ފުލެޓްގެ މަސައްކަތްނިންމަން ވަނީ އަމާޒު ހިފާފައި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ހައުސިން ޔުނިޓްގެ މަސައްކަތަށް ނުދައްކާ އޮތް 178 މިލިޔަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

އޭނާ މިކަން ހާމަކޮށްފައި ވަނީ ޕީއެސްއެމް ނިއުސްގެ "ހަފްތާ 52" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރަމުން އަންނަނީ އިންޑިއާގެ ކުންފުނި ކަލްޕަތާރޫ ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯޕޮރޭޝަން (އެންބީސީސީ) އިންނެވެ. މި މަޝްރޫޢުގެ އަގުގެ 15 އިންސައްތަ ދިވެހި ދައުލަތުން ދައްކަން ޖެހޭއިރު، ބާކީ 85 އިންސައްތަ ދައްކަނީ އިންޑިއާ ސަރުކާރުންނެވެ.

ހަމްދާން ވިދާޅުވި ގޮތުގައި މި ސަރުކާރު ހަވާލުވިއިރު މަޝްރޫޢުއަށް ދައުލަތުން ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކާފައި ނުވާތީ، ފްލެޓްތަކުގެ މަސައްކަތް ނިންމުން ލަސްވެފައިވެއެވެ. ނަމަވެސް، މި ސަރުކާރު ހަވާލުވުމަށްފަހު ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ނުދައްކާ އޮތް 178 މިލިޔަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮންޓްރެކްޓަރުގެ މަސައްކަތަށް އިސްލާހުތަކެއް ގެނެސް، މަސައްކަތް އަވަސްކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ހަމްދާން ވިދާޅުވިއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ކުރިއާ އަޅާބަލާއިރު މަސައްކަތް ވަރަށް ބޮޑަށް އަވަސްވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 32 ޓަވަރެއް އެޅުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެ ތެރެއިން ކޭޕީއައިއެލްއިން ތަރައްޤީކުރަމުންދާ 16 ޓަވަރަށް ކިޔަނީ "އަމާން އުދަރެސް" އެވެ. އަދި އެންބީސީސީން ތަރައްޤީކުރަމުންދާ 16 ޓަވަރަށް ކިޔަނީ "އަމާން ދޯދި" އެވެ. އެފްޑީސީގެ އަމާޒަކީ މި 4000 ފްލެޓުގެ މަސައްކަތް 2025 ވަނަ އަހަރުގެ ޖުލައި މަހަށް ނިންމުމެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

31 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy