ސްރީލަންކާގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައި
ސްރީ ލަންކާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ގާތްގަނޑަކަށް ފަސް މީހުން މަރުވެއްޖެއެވެ. މީގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށާއި، ފެންބޮޑުވުމުގެ ސަބަބުން ވީނުވީއެއް ނޭނގި ފަސް މީހަކު ގެއްލިފައިވާ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ފާއިތުވި ދެ ދުވަހު ލަންކާއަށް ބޯކޮށް ވާރޭވެހި ވައި ގަދަވުމުގެ ސަބަބުން ގެދޮރާއި ދަނޑުބިންތަކާއި މަގުތަކުގައި ފެންބޮޑުވެ، ސައިފަތް ހައްދާ ފަރުބަދަ ސަރަހައްދުތަކުގައި ރޭލު ދަތުރުތައް ހުއްޓާލަން ޖެހިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.
އަންގާރަ ދުވަހުގެ ހަވީރު ސްކޫލުން އެނބުރި ގެއަށް ދިއުމަށް ދަތުރުކުރި ހަ ކުދިން ހިމެނޭ ގޮތަށް އަށް މީހަކު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އެ މީހުން ދަތުރުކުރި ޓްރެކްޓަރު ފެންބޮޑުވުމުގެ ސަބަބުން އޮޔާ ދަމައިގަނެފައިވާތީ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ބުދަ ދުވަހު ތިން ކުދިންގެ ހަށިގަނޑު ފެނިފައިވާއިރު، އެ ހާދިސާ ހިނގިއިރު ޓްރެކްޓަރުގައި 11 ކުއްޖަކު ދަތުރުކޮށްފައިވެއެވެ. އޭގެ ތެރެއިން ފަސް ކުދިން ވަނީ ސަލާމަތްކޮށްފައެވެ.
އޭގެ އިތުރުން ފާރެއް ވެއްޓިގެން މަރުވި އަންހެނަކާއި، ފެންބޮޑުވުމުގެ ސަބަބުން މަރުވި އެކަކު ވެސް ހިމެނޭ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ލަންކާގެ ޓީވީ ޗެނަލް ޑެރާނާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެއާފޯސް ހެލިކޮޕްޓަރުތަކުގެ އެހީތެރިކަމާ އެކު ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ. ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބުދަ ދުވަހުގެ ނިޔަލަށް 3،000 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާއިރު ގާތްގަނޑަކަށް 600 ގެއަކަށް ވަނީ ގެއްލުން ލިބިފައެވެ.
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ
ކޮމެންޓް