ލަންކާއަށް ހަކުރު ގެންދިޔަ މައްސަލައިގައި އެސްޓީއޯގެ ބައިވެރިވުމެއް ނެތް

ހަކުރު ލިބުމުގައި އެއްވެސް ދައްޗެއް ނުވާނެކަމަށް އެސްޓީއޯއިން ބުނޭ

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހަކުރު ކޯޓާއިން ބައެއް، ގަވާއިދާ ހިލާފަށް ސްރީ ލަންކާއަށް ފޮނުވުމުގެ މައްސަލައިގައި އެސްޓީއޯގެ އަދި އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް ނެތްކަމުގެ ޔަގީންކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު ދެއްވައިފިއެވެ.

މި މައްސަލައަކީ އިންޑިއާއިން ރާއްޖެއަށް ފޮނުވަން ނިންމި 70 ޓަނުގެ ހަކުރު، ރާއްޖެ ނުގެނެސް ސްރީ ލަންކާއަށް ގެންދިޔަ ކަމަށް ބުނެ އުފެދިފައިވާ މައްސަލައެކެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާރު އިންޑިއާ ސަރުކާރުން ވަނީ މި މައްސަލަ ތަހުގީގުކުރަން ފަށާފައެވެ.

އެސްޓީއޯގެ އެމްޑީ ޝިމާދު ވިދާޅުވެފައިވަނީ ރާއްޖެއަށް ހަކުރު ލިބުމުގައި އެއްވެސް ތާށިކަމެއް ކުރިމަތިނުވާނެ ކަމަށެވެ. އެހެންނަމަވެސް، އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވަނީ މި މައްސަލަ ފެންމަތިވުމާ ގުޅިގެން ރާއްޖެއަށް ހަކުރު އެކްސްޕޯޓްކުރުން މަޑުޖައްސާލާފައިވާ ކަމަށެވެ.

އިންޑިއާ ޝިޕިން ނިއުސްގައި ބުނެފައިވާ ގޮތުގައި މި މައްސަލަ ފެންމަތިވެގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ 25 އޮކްޓޫބަރުގައެވެ. އަދި މިހާރު އިންޑިއާގެ އިގްތިސާދީ ވުޒާރާގެ ދަށުން ހިންގާ ދި ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ)އިން މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

މި މައްސަލައިގައި އިންޑިއާގެ ނާވާ ޝެވާ ޕޯޓުން ރާއްޖެ ފޮނުވަން ތައްޔާރުކޮށްފައި އޮތް 7 ޕާރުސަލް ހަކުރު އެހެން ގައުމަކަށް ފޮނުވާފައިވާ ކަމަށް ޝައްކުކުރެވޭ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި މި މައްސަލަ ފެންމަތިވުމާ ގުޅިގެން 70 އެއްހާ ކޮންޓޭނަރުގެ ހަކުރު ލަންކާގެ ކަސްޓަމްސްއިން ހިފަހައްޓާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލަ ދިމާވެގެން އުޅެނީ މިދިޔަ 5 އޭޕްރީލްގައި ރާއްޖެއާއި އިންޑިއާއިން ހެދި ހާއްސަ އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް ފޮނުވަން ނިންމާފައިވާ ޖުމްލަ 64،494.33 ޓަނުގެ ހަކުރުގެ ތެރޭގައި ހިމެނޭ 70 ޓަނާ ގުޅޭގޮތުންނެވެ. މި އެއްބަސްވުމުގެ ދަށުން ހަކުރުގެ އިތުރުން އެހެން ބާވަތްތަކެއްވެސް އިންޑިއާއިން ރާއްޖެއަށް އިމްޕޯޓްކުރަން ވަނީ ނިންމާފައެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

43 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy