މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކާ ދެކޮޅަށް އާ ގާނޫނުތަކެއް އަންނަނީ

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވުމަށް ގާނޫނުތައް ވަރުގަދަކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގައި އައު ބިލުތަކެއް ހުށަހަޅުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އިއުލާންކުރައްވައިފިއެވެ.

ރައީސް މުއިއްޒު މިކަން އިއުލާނު ކުރައްވާފައި ވަނީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭގައި އެ މަނިކުފާނު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުންދާ މަސައްކަތަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެތީގެ ގާނޫނުގައި ހުރި ބައެއް އުނިކަންކަން ކަމަށެވެ.

މި ހަފުތާގެ ތެރޭގައި މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މި އިސްލާހުތަކަކީ މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާ ކުރުމުގައި ހުރި ގުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުގެ މަޝްވަރާއާ އެކު އެކުލަވާލެވޭ އިސްލާހުތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިފައިވާ ގޭންގު ކުށްތަކާ ދެކޮޅަށްވެސް އައު ގާނޫނެއް ގެނައުމަށް ސަރުކާރުން ރާވާފައިވާ ކަމަށް ރައީސް މުއިއްޒު ހާމަކުރެއްވިއެވެ. މިގޮތުން، މިހާރު އަމަލުކުރަމުންދާ ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނުގެ ބަދަލުގައި، އަލަށް އެކުލަވާލެވޭ "ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު" ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މަޖިލީހަށް ހުށަހަޅާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވާއިރު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭގެ ސަރަހައްދުން 468.6 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައި ގަނެފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، ސްރީ ލަންކާގެ މަސްބޯޓަކުން ފެނުނު މި ތަކެތީގެ ތެރޭގައި 344 ކިލޯގެ މެތާއި 124.6 ކިލޯގެ ކޮކެއިން ހިމެނެއެވެ. މި ތަކެތީގެ މަގުމަތީ އަގު 1 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

35 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy