ބެޑްމިންޓަނުން ރަން ވަނަތައް ހޯދި އެތުލީޓުންނަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

ވަނަތައް ހޯދި އެތުލީޓުންނަށް ރައީސް ވަނީ މަރުހަބާ ވިދާޅުވެފައި

ބޮޓްސްވާނާ އިންޓަނޭޝަނަލް ސީރީޒް ބެޑްމިންޓަން 2024 ގައި ރާއްޖެ ތަމްސީލުކޮށް ތާރީޚީ ކާމިޔާބީއެއް ހޯދައިދިން ފާތިމަތު ނަބާހާއާއި އާމިނަތު ނަބީހާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތެއްގައި އަންހެނުންގެ ސިންގަލްސް ފައިނަލުގައި ވާދަކުރަން ދިވެހިރާއްޖޭގެ ފަރާތުން އެއްމާބަނޑު ދެބެއިން ހޮވުމާއެކު، ޗެމްޕިއަންކަމާއި ރަނަރަޕްކަން ވެސް ރާއްޖެއަށް ކަށަވަރުވެއްޖެ ކަމަށެވެ.

މި މުބާރާތުގައި ދިވެހި ކުޅުންތެރިން ދެ ގޯލްޑް މެޑެލް، ދެ ސިލްވަރ މެޑެލް އަދި ހަތަރު ބްރޯންޒް މެޑެލް ކަށަވަރުކޮށްފައިވާ ކަމަށް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި ދިވެހި ކުޅުންތެރިން ދައްކަމުންދާ މޮޅު ކުޅުމަށްޓަކައި ފަޚުރުވެރިކަމާއެކު ސާބަސް ދެއްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބޮޓްސްވާނާ މުބާރާތުގެ ސިންގަލްސް ފައިނަލުގައި ވާދަކުރީ ނަބީހާއާއި ނަބާހާއެވެ. މި މުބާރާތުގެ ސިންގަލްސް ފައިނަލުން އެއްވަނަ ހޯދީ ނަބާހާއެވެ. މީގެ އިތުރުން، މި މުބާރާތުގެ މިކްސްޑް ޑަބަލްސްގެ ފައިނަލުން ޖާގަ ހޯދީ ޒަޔާނާއި ނަބާހާއެވެ.

ނަބީހާއާއި ނަބާހާއަކީ ބައިނަލްއަގްވާމީ އެކިއެކި މުބާރާތްތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލުކުރަމުންދާ ދެ އެތްލީޓުންނެވެ. މި ދެ އެތްލީޓުން ވަނީ ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ.

މި ޝަރަފު ރާއްޖެއަށް ހޯދައިދިން ހުނަރުވެރި ދެބެއިންނަށާއި، ދިވެހި މުޅި ޓީމަށް ތަހުނިޔާ ދަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި މިއީ ތާރީޚީ ކާމިޔާބީއެއް ކަމަށް ވެސް އެމަނިކުފާނުގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

49 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy