ހަށިވިއްކުމުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުން / ފޮޓޯ : އިމިގްރޭޝަން
މާލޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ތިން އަންހެނުން ޑީޕޯޓްކޮށްލައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އިމިގްރޭޝަނުން އެ އިދާރާގެ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައެވެ.
އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، ހަށިވިއްކުމުގެ ވިޔަފާރި ކުރާ ބިދޭސީން ހޯދަން ހިންގި އިންސްޕެކްޝަންތަކެއްގައި ފަސް މައްސަލައަކާ ގުޅިގެން ހަތް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
މި ހަތް ބިދޭސީންގެ ތެރޭގައި ހިމެނެނީ ހަށިވިއްކުމުގައި އުޅުނު ފަސް އަންހެނުންނާއި އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވި ދެ ފިރިހެނުންނެވެ. މި ފަސް އަންހެނުންނަކީ ތައިލެންޑު، ދެކުނު އެފްރިކާ، އުގަންޑާ، ރަޝިއާ އަދި ބަންގްލަދޭޝްގެ މީހުންނެވެ. އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވި ދެ ފިރިހެނުންނަކީ ބަންގްލަދޭޝްގެ މީހުންނެވެ.
އިމިގްރޭޝަނުން މިހާތަނަށް ޑީޕޯޓްކޮށްލާފައިވަނީ ދެކުނު އެފްރިކާ، އުގަންޑާ އަދި ރަޝިއާއަށް ނިސްބަތްވާ ތިން އަންހެނުންނެވެ. ބާކީ ތިބި ހަތަރު މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މިދިޔަ އޯގަސްޓު އަދި އޮކްޓޫބަރު މަހު ވެސް ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ތިން ބިދޭސީ އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ބިދޭސީ ފިރިހެނަކު ހިފަހައްޓައި ޑީޕޯޓްކޮށްލާފައިވާކަމެވެ.
މާލެ ސަރަހައްދުގައި ހަށިވިއްކުމަށް މަސާޖު ޕާލާތަކުގެ ނަމުގައި 111 ތަން ހިންގާ ކަމަށާއި އެފަދަ ތަންތަން ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިދިޔަ ފެބްރުއަރީ މަހު ވިދާޅުވެފައިވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް