ލިވަޕޫލް ލީޑު ފުޅާކުރި އިރު، އާ ކޯޗާއި އެކު ޔުނައިޓެޑް އިޕްސްވިޗާ އެއްވަރުވެއްޖެ

ރޭގެ މެޗުގައި ދެ ލަނޑު ޖެހި ސަލާ އުފާފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް އިން ރަށުން ބޭރުގައި ކުޅުނު މެޗެއްގައި ސައުތެމްޓަން 3-2 އިން ބަލިކޮށް، އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި ކާމިޔާބީ ހޯދީ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ ބަލިވުމުގެ ފައިދާ ނަގައިގެންނެވެ.

ރޭގެ މެޗުތަކަށް ފަހު ލިވަޕޫލް މިހާރު އެއްވަނައިގައި އޮތީ 12 މެޗުން 31 ޕޮއިންޓާ އެކުގައެވެ. އެއަށްފަހު ދެވަނައިގައި އޮތް ސިޓީއަށް 12 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ. އަންނަ ހަފްތާގައި ލިވަޕޫލުން އަމިއްލަ ދަނޑުގައި ކުޅޭނީ ސިޓީއާ ދެކޮޅަށެވެ.

ރޭގެ ،މެޗުގައި ލިވަޕޫލަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޑޮމިނިކް ސޮބޯސްލާއި އާއި މުހައްމަދު ސަލާހު އެވެ. ސަލާ ވަނީ 2 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އޭގެ ތެރެއިން ފަހު ލަނޑަކީ ސައުތެމްޓަންގެ ޔޫގީ ސުގަވާރާ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިން ގޯލެކެވެ. ސައުތެމްޓަންގެ ގޯލްތައް ޖަހައިދިނީ އާމްސްޓްރޯންގް އާއި މަޓެއުސް ފެނާންޑޭޒް އެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ އާ ކޯޗު ރުބެން އަމޮރިމްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި، ޔުނައިޓެޑުން ވަނީ އިޕްސްވިޗު ޓައުންއާ 1-1 އިން އެއްވަރުވެފައެވެ. މި މެޗުގައި ޔުނައިޓެޑުން ވަރަށް އަވަހަށް ލީޑު ނެގި ނަމަވެސް، އިޕްސްވިޗުން ވަނީ އެއްވަރުކޮށްފައެވެ.

މި ނަތީޖާއާ އެކު ޔުނައިޓެޑަށް ވަނީ 12 މެޗުން 16 ޕޮއިންޓް ލިބިފައެވެ. އަދި މިހާރު އެ ޓީމު އޮތީ ލީގުގެ 12 ވަނައިގައެވެ. ޔުނައިޓެޑުން ދެވަނަ ހާފުގައި މޮޅުވާން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

43 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy