އިޒްރޭލް ޕާސްޕޯޓް މަނާ ކުރާ ބިލް އަވަސް ކުރަން ފާސްކޮށްފި

-- ފޮޓޯ/ މަޖިލިސް މަޖިލީހުގެ 241 ކޮމެޓީގެ މުގައްރިރު، އަހްމަދު ސަލީމް

އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް އަވަސް ކުރަން، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އިން މިއަދު ނިންމައިފިއެވެ. 

ނިމިދިޔަ ހަފްތާގައި ކޮމެޓީން ނިންމާފައި އޮތީ އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް އެ ބިލުގެ މަސައްކަތް ނިންމުމަށެވެ.

އެކަމަކު، މިއަދު ވަނީ އެ ނިންމުން ބަދަލު ކުރަން ފާސްކޮށްފައެވެ.

އެ މަސައްކަތް އަވަސް ކުރުމަށްޓަކައި މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމެއްގައި، އެ ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، އެ ބިލުގެ މަސައްކަތް އަވަސް ކުރަން ބޭނުންވާ ކަމަށެވެ.

އެހެންވެ، ބިލު ދިރާސާ ކުރުމަށް، ކޮމިޓީއަށް ހާޒިރު ކުރާން ޖެހޭ ފަރާތްތަކަށް، އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ސިޓީ ފޮނުވުމަށް ސަލީމް ހުށަހެޅުއްވިއެވެ.

ސަލީމްގެ އެ ވާހަކައަށް ތާއީދުކޮށް، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހެޅުއްވީ މާދަމާ އިން ފެށިގެންވެސް ކަމާބެހޭ ފަރާތްތައް ހާޒިރުކޮށް، ސުވާލުކޮށް، މައުލޫމާތު އެއްކުރުމަށެވެ.

ޝާހިދުގެ އެ ހުށަހެޅުން ކޮމެޓީގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

ބިލުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ކޮމެޓީން ފާސްކޮށްފައި އޮތް ފަހު ތާރީހަކީ އަންނަ އަހަރުގެ ފެބްރުއަރީއެވެ.

އިޒްރޭލް ޕާސްޕޯޓު މަނާ ކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމްއެވެ.

މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހު އޭނާ މަޖިލީހަށް ހުށަހެޅުއްވި ބިލު، މަޖިލީހުން ބަލައިގެންފައި ވަނީ ޖޫން 10 ގައެވެ.

އެކަމަކު އޭގެ ފަހުން އެ މައްސަލައަށް ކުރިއަށް ގެންގޮސްފައި ނުވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

44 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy