---
ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) ގެ މެންބަރުންގެ އަދަދު ލައްކައަކާ ގާތްކޮށްފި ކަމަށް އެ ޕާޓީގެ ޗެއާޕަސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށްދާ ޕީއެންސީގެ އެތެރޭގެ އިންތިހާބާ ގުޅޭ ގޮތުން ދަރުބާރުގޭގައި ހުންނަވާ މީޑިއާތަކާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު ބޭނުންފުޅުވެވަޑައިގެންނެވީ އެ ޕާޓީގެ މެންބަރުންގެ އަދަދު 75،000 އަށް އިތުރުކުރައްވަން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ބޭނުންފުޅުވެ ވަޑައިގެންނެވި އަދަދަށްވުރެ ގިނައިން ޕާޓީއަށް މެންބަރު އިތުރުކުރެވޭނެ ކަމުގެ ޔަގީންކަން މިހާރު އެބައޮތް ކަމަށެވެ. ޕާޓީއަށް ވަންނަން ބޭނުންވެގެން މިހާރުވެސް 97،000 އެއްހާ ފޯމް ލިބިފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީއެންސީން ވެރިކަމާ ހަވާލުވިއިރު އެ ޕާޓީގައި ތިބީ މަދު އަދަދެއްގެ މެންބަރުން ކަމަށެވެ. އެކަމަކު މި ސަރުކާރަށް މިވީ އަހަރެއްގެ ތެރޭގައި މެންބަރުންގެ އަދަދު އެތައް ގުނަކަށް އިތުރުވުމުން ދޭހަވަނީ ރައީސްގެ ސިޔާސަތު އާއްމުން ބަލައިގަތުން ކަމަށެވެ. އަދި ޕާޓީ ހިންގެވުމަށް ރައީސް ގެންގުޅުއްވާ އުސޫލުތައް ވަރުގަދަވުމުން ކަމަށްވެސް ވިދާޅުވި އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް