އޭޑީކޭ ހޮސްޕިޓަލް
އޭޑީކޭ ހޮސްޕިޓަލްގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވާން އެ ހޮސްޕިޓަލުން މިއަދު އިލްތިމާސްކޮށްފިއެވެ.
އޭޑީކޭ އިން ކުރި ޕޯސްޓެއްގައި ބުނީ އެ ހޮސްޕިޓަލްގެ ރަސްމީ އެސްއެމްއެސް ހޭންޑަލް މެދުވެރިކޮށް ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާ ކަމަށާއި އެ މެސެޖްގައި ހިމެނޭ ލިންކަށް ވަދެ އެއްވެސް ޒާތީ މައުލޫމާތެއް ފޯރުކޮށް ނުދޭން އިލްތިމާސް ކުރާ ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލްގެ ހޭންޑަލް އިން ފޮނުވާފައިވާ ބައެއް މެސެޖުތަކުގައި ބުނެފައިވަނީ އެ މެސެޖް ފޮނުވަނީ ރާއްޖޭގެ ޕޯސްޓް އޮފީހުން ކަމަށެވެ. މި މެސެޖްތަކުގައި ބުނެފައިވަނީ ޕޯސްޓް މެދުވެރިކޮށް ތަކެތި އައިސްފައިވާ ކަމަށާއި ނަމަވެސް ކަސްޓަމްސް އަށް ދައްކަން ޖެހޭ ބައެއް ފީތައް ނުދައްކައި ހުރުމުން ޑެލިވަރީކޮށް ދެވެން ނެތް ކަމަށެވެ. އަދި މެސެޖާ އެކު ފޮނުވާފައިވާ ލިންކުން ފައިސާ ދެއްކުމަށް ވެސް އެދިފައިވެއެވެ.
މިފަދަ ސްކޭމްތައް ވަނީ މިދިޔަ ދުވަސްތަކުގެ ތެރޭގައި އިންތިހާ އަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ ކުރީކޮޅާ ހަމައަށް އެކަނި ވެސް ސްކޭމާ ގުޅޭ 28،000 މައްސަލައެއްގައި 27 މިލިއަން ރުފިޔާ ގެއްލިގެން ފުލުހުންނަށް ހުށަހެޅިއެވެ. އޭގެ ތެރެއިން، މިހާތަނަށް ރިކަވާ ކުރެވުނީ އެއް މިލިއަން ރުފިޔާއެވެ.
މި މައްސަލަ ގައުމީ ބޮޑު މައްސަލައަކަށްވެ، ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް އައުމާ ގުޅިގެން އެކަން ހައްލުކުރުމަށް މިހާރު އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެހެންކަމުން، މިފަދަ ސްކޭމް މެސެޖްތަކަށް ސަމާލުވެ، އަމިއްލަ މަޢުލޫމާތު ހިއްސާނުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރެވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް