އުމްރާ އަށް ގެންދާ ކުންފުނިތައް އިއުލާންކޮށްފި

---

ރާއްޖެ އިން މީހުން އުމްރާ އަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓެއް އިސްލާމިކް މިނިސްޓްރީން އާންމުކޮށްފި އެވެ.

މިއަދު އާންމުކުރި ލިސްޓުގައި 57 ކުންފުންޏެއް ހިމެނެ އެވެ.

މިނިސްޓްރީން ބުނީ މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ތެރެއިން މި އަހަރު އަލަށް ހުއްދަ ދީފައި ވަނީ 14 ކުންފުންޏަކަށް ކަމަށެވެ.

އުމްރާ މީހުން ގެންދިއުމުގެ އާ ގަވާއިދުގެ ދަށުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް ކޮންމެ އިރަކު ވެސް އެދެވޭނެ އެވެ. އަދި ހުއްދަ ހަމަވުމުގެ 30 ދުވަސް ކުރިން މިނިސްޓްރީ އަށް ފޯމު ހުށަހެޅިދާނެ އެވެ. ހުއްދަ އަށް އެދޭއިރު 20،000ރ. ގެ ފީއެއް ދައްކަން ޖެހޭ އިރު ހުއްދަ އާކުރާ ނަމަ 15،000ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

މިހާރު ވަރަށް ގިނަ ބަޔަކު އެ ކުންފުނިތަކުގެ ހަވާލުގައި އުމްރާ އަށް ދާތީ ހުއްދަ އޮތް ކުންފުންޏެއްކަން ކަށަވަރު ނުކޮށް ފައިސާ ނުދެއްކުމަށް އެދިފައިވެ އެވެ. މިނިސްޓްރީން ބުނީ އެއާ ހިލާފަށް އަމަލުކޮށްގެން އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ، އޭގެ ޒިންމާ ނަގަންޖެ ހޭނީ ފައިސާ ދެއްކި ފަރާތަކު ކަމަށެވެ.

ރާއްޖޭގައި ހައްޖާ އުމްރާގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އިސްލާމިމް މިނިސްޓްރީން ވަނީ ދާދި ފަހުން ވަނީ އެ ހިދުމަތްދޭ ކުންފުނިތަކާ އެކީ މަހާހިންސާތާއެއް ވެސް އަލަށް ބާއްވައިފަ އެވެ. އެ މަހާސިންތާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އުމްރާ ދަތުރުތަކުގެ އަގު ވީހާ ވެސް ކުޑަކޮށް، ވީހާ ވެސް ގިނަ ބަޔަކަށް އުމްރާ އަށް ދެވޭނެ މަގުފަހިކޮށް ދޭން ކުންފުނިތަކުގެ ކިބައިން އެދިފަ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

40 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy