ހުޅުމާލޭ 4،000 ފްލެޓުގެ ކޮމާޝަލް ޖާގަތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލަނީ

ފޭސް 2 ގައި އިމާރާތްކުރަމުންދާ 4،000 ފްލެޓު

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރަމުންދާ 4،000 ފްލެޓުގެ ޓަވަރުތަކުގެ ކޮމާޝަލް ޖާގަތައް ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް އިޢުލާންކޮށްފިއެވެ.

އެފްޑީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި 32 ޔުނިޓުގައި ޖުމުލަ 127 ކޮމާޝަލް ޖާގަ ހުންނާނެއެވެ. މި ޖާގަތަކުގައި ރީޓެއިލް ފިހާރަ، ސުޕަމާކެޓު، ހައިޕަމާކެޓު، ކެފޭ، ރެސްޓޯރަންޓު، ކްލިނިކު، އަދި އޮފީސްތައް ހިންގުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި ތަރުކާރީއާއި މޭވާ ވިއްކާ މާރުކޭޓުތައް ވެސް ހެދުމުގެ ފުރުޞަތު އޮންނާނެ ކަމަށް އެފްޑީސީން ބުނެފައިވެއެވެ.

ކޮމާޝަލް ބޭނުމަށް ދޫކުރެވޭ ޖާގަތަކުގެ ބޮޑުމިނަކީ 580 އަކަފޫޓުން ފެށިގެން 6،200 އަކަފޫޓާ ހަމައަށެވެ. މި ޖާގަތައް ވިއްކުމަށް ހަމަޖެހިފައިވަނީ މާކެޓު ރޭޓުގައި ކަމަށާއި، މިހާރުގެ ކޮމާޝަލް ރޭޓުތަކުގެ އަގު އުޅެނީ އަކަފޫޓަކަށް 40-45 ރުފިޔާއާ ދެމެދުގައި ކަމަށް އެފްޑީސީން މަޢުލޫމާތު ދީފައިވެއެވެ.

ކޮމާޝަލް ޖާގަތައް ކުއްޔަށް ދޫކުރުމަށް ހަ ޒޯނަކަށް ބަހާލާފައިވާއިރު، އަންނަ ހަފުތާގައި ހުޅުވާލަނީ ޒޯން 1 ގެ ޖާގަތަކަށް ކަމަށް އެފްޑީސީން ބުނެފައިވެއެވެ. ޒޯން 1 ގައި ގާތްގަނޑަކަށް 18 ކޮމާޝަލް ޖާގަ ހިމެނޭނެއެވެ.

އެފްޑީސީން ބުނެފައިވާ ގޮތުގައި މި ކޮމާޝަލް ޖާގަތައް ތަރައްޤީކުރުމުގެ މައިގަނޑު މަޤްޞަދަކީ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އަސާސީ ޚިދުމަތްތައް ކައިރިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މި ސަރަހައްދުގައި ގާތްގަނޑަކަށް 30،000 މީހުން ދިރިއުޅޭނެ ކަމަށް އެފްޑީސީން އަންދާޒާކޮށްފައިވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

25 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy