ރާއްޖެއަށް ވޭޕް އެތެރެކުރުން އަންނަ މަހުން ފެށިގެން މަނާވާނެ
ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރެވޭނީ އެކަމުގެ ހާއްސަ ލައިސަންސް ހޯދައިގެން ކަމަށް ހެލްތު މިނިސްޓްރީން މިއަދު އިޢުލާންކޮށްފިއެވެ.
މިއީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާޙަކާ ގުޅިގެން އަންނަ ބަދަލެކެވެ.
މި އިސްލާޙުގެ ދަށުން، ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ބޭރުކުރުން އަދި ގަނޑުކޮށް ނުވަތަ ވަކިވަކިން ވިއްކާ ހުރިހާ ފަރާތްތަކުން، ވިޔަފާރީގެ އާންމު ހުއްދައިގެ އިތުރުން ހެލްތު މިނިސްޓްރީން ދޫކުރާ ހާއްސަ ލައިސަންސެއް ހޯދަންޖެހޭނެއެވެ.
ނަމަވެސް، މިނިސްޓްރީން ބުނެފައިވަނީ މި ހާއްސަ ލައިސަންސް ހޯދުން ލާޒިމްވާނީ އެކަމާ ގުޅޭ ގަވާއިދު އާންމުކޮށް، އެ ގަވާއިދުގައި ކަނޑައަޅާ މުއްދަތުގައި ކަމަށެވެ. މި ގަވާއިދު ހަދަން ޖެހެނީ ގާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ގަވާއިދުގައި ކަނޑައަޅާ މުއްދަތުގެ ފަހުން، މި ހާއްސަ ހުއްދަ ނެތި ދުންފަތުގެ އެއްވެސް ވިޔަފާރިއެއް ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ލައިސަންސް ބާތިލުކުރެވޭނެ ކަމަށާއި، 1،000 ރުފިޔާއިން ފެށިގެން 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވިދާނެ ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް