މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު -- ފޮޓޯ/ މަޖިލިސް
ގާނޫނު އަސާސީއަށް މިދިޔަ ބުދަދުވަހު ގެނައި އިސްލާހުތަކުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަޒާހަތްތެރިކަން އިތުރަށް ޔަގީން ކުރެވި، ރާއްޖޭގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވިގެންދާނެ ކަމަށް މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ.
ގާނޫނު އަސާސީއަށް މައިގަނޑު ތިން އިސްލާހެއް ހުށަހަޅައި މަޖިލީހުން ފާސްކުރެއްވުމާއެކު ވަގުތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ބިލު ތަސްދީގު ކުރައްވާފައެވެ.
މި އިސްލާހުތަކާ ބެހޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ހުސްނީ ވަނީ އިދިކޮޅު އެމްޑީޕީއަށް ރައްދެއް ދެއްވާފަވެއެވެ.
އޭނާ ވިދާޅުވީ މި އިސްލާހުން މަޖިލީހުގެ މެންބަރުންގެ ޒިންމާ ތަކަށް އުނިކަން އަންނާނެ ކަމަށް ބުނެ އިދިކޮޅުން ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށާއި ވަކި ޕާޓީއެއް ދައްކައިގެން މަޖިލީހުގެ މެންބަރުކަމަށް ހޮވެނީ އެ ޕާޓީގެ ސިޔާސަތުތައް ތަންފީޒްކުރުމަށް ގާނޫނު ހަދާ މަޖިލީހުގައި އެއްބާރުލުން ދިނުމަށް ކަމަށެވެ.
ކޮންމެ ކެންޑިޑޭޓަކުވެސް އިސްތިހާރު ކުރަނީ ނިސްބަތްވާ ޕާޓީގެ ސިޔާސަތުތައްކަން ފާހަގަ ކުރައްވަމުން ހުސްނީ ވިދާޅުވީ ރައްޔިތުން އެ ކެންޑިޑޭޓަކު ހޮވަނީ ޕާޓީގެ ސިޔާސަތުތައް ތަންފީޒްކުރާނެ ކަމުގެ އުންމީދުގައި ކަމަށެވެ.
ކަން އެހެން އޮތްއިރު، އިންތިހާބުވުމަށްފަހު، ކުއްލިއަކަށް ޕާޓީ ބަދަލުކޮށް، ގާބޫލު ކުރާ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ ރައްޔިތުން އެ ކުރި އިތުބާރަށް ބޭއިންސާފުވުން ކަން ހުސްނީ ފާހަގަކުރެއްވިއެވެ.
"އައު އިސްލާހުގެ ސަބަބުން ރައްޔިތުން ކުރި އިތުބާރަށް ބޭއިންސާފުވުމުގެ އެއްވެސް ޖާގައެއް މިހާރު ނޯންނާނެ. މި އިސްލާހުން މަޖިލީހުގެ މެންބަރުންގެ މައްޗަށް ރައްޔިތުންކުރާ އިތުބާރު ޔަގީންކޮށްދީފައިވޭ،" ހުސްނީ ވިދާޅުވިއެވެ.
ހުސްނީ ވިދާޅުވީ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ނުވަތަ އުނިކަމެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައި މެންބަރުންގެ އަގުލަބިއްޔަތުންކަމަށް މިހާރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.
އެހެންކަމުން އައު އިސްލާހުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަންވެސް އިތުރަށް ވަނީ ކަށަވަރުކަން މެންބަރު ހުސްނީ ފާހަގަ ކުރެއްވިއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް