ގާނޫނުއަސާސީއަށް އިސްލާޙުގެނައީ ގައުމުގެ ހަމަޖެހުމާއި މިނިވަންކަން ކަށަވަރުކުރުމަށް: ރައީސް މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

ގާނޫނުއަސާސީއަށް އިއްޔެ ގެނެވުނު އިސްލާހުތަކަކީ ގައުމުގެ ހަމަޖެހުން ގާއިމްކުރުމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ބާރުއަޅައިދޭނެ ކަމެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް މަޖިލީހަށް ހުށަހެޅުނު ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބިލު އިއްޔެގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވައި، އިބްތިދާއީ ބަހުސް ނިންމައި، ކޮމިޓީ މަރުހަލާ އަދި މަޖިލީހުން ފާސްކޮށްފައިވެއެވެ. އަދި ރޭގެ ވަގުތެއްގައި ރައީސް ވަނީ އެ ބިލު ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ރޭ ދަންވަރުގެ ވަގުތެއްގައި ރައީސް މުއިއްޒު ވަނީ ވީޑިއޯ މެސެޖެއް ދެއްވާފައެވެ. ރައީސް އޮފީހުގެ ސޯޝަލް މީޑިއާގައި އާންމުކުރި އެ މެސެޖުގައި މުއިއްޒު ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހުތަކަކީ ވަރަށް މުހިންމު އިސްލާހުތަކެއް ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މި އިސްލާހުތަކުގެ ތެރޭގައި އެންޓި ޑިފެކްޝަން މާއްދާ ހިމެނުމާއި، ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެންނަން ޖެހޭނަމަ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތު ހޯދަންޖެހުން ހިމެނެއެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) އާ ހަމައަށް ކަނޑައެޅުމާއި، ބޭރުގެ ސިފައިންނަށް ރާއްޖޭގައި އަމަލީގޮތުން ހަރަކާތްތެރިވެވޭނީ މަޖިލީހުގެ ރުހުން ލިބިގެންކަން ވެސް ހިމެނެއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މި އިސްލާހުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، ތަރައްގީއާއި، ހަމަޖެހުމަށްޓަކައި، ނުހަނު ޖޯޝާއެކު ގައުމީ ރޫހުގައި ނިންމެވި ވަރަށް މުހިންމު ނިންމެވުންތަކެއް ކަމުގައެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

23 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy