ބަޖެޓް ކޮމެޓީ / ފޮޓޯ: މަޖިލިސް
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓު، އިތުރު ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ނަމަވެސް މަޝްރޫޢުތަކުގެ ތަފްސީލު މަޖިލީހަށް ދިނުމަށް ކޮމިޓީން ވަނީ ޝަރުތުކޮށްފައެވެ.
މިއަދު މެންދުރުފަހު ބޭއްވުނު ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި 19 މެންބަރުންގެ ތެރެއިން 15 މެންބަރުން ވަނީ ބަޖެޓު ފާސްކުރުމަށް ވޯޓު ދެއްވާފައެވެ. މި ބަޖެޓަކީ މި އަހަރުގެ ބަޖެޓަށްވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ބަޖެޓުގެ މައިގަނޑު ބައިތައް:
ޖުމުލަ ބަޖެޓު: 56.6 ބިލިއަން ރުފިޔާ
އާމްދަނީ: 39.8 ބިލިއަން ރުފިޔާ
ޕީއެސްއައިޕީ: 12.4 ބިލިއަން ރުފިޔާ
ރިކަރަންޓް ޚަރަދު: 36 ބިލިއަން ރުފިޔާ
ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ
ކޮމިޓީން ހުށަހެޅި މުހިންމު ހުށަހެޅުންތަކުގެ ތެރޭގައި:
ޕީއެސްއައިޕީ މަޝްރޫޢުތައް ކްރައިޓީރިއާއަށް ބަލައި ތަރުތީބުކުރުން
މަޝްރޫޢުތަކުގެ ތަފްސީލު ލިސްޓެއް ފެބުރުވަރީ މަހުގެ ކުރިން މަޖިލީހަށް ފޮނުވުން
ކުރިއަށްދާނެ އަދި ނުގެންދެވޭނެ މަޝްރޫޢުތަކުގެ މަޢުލޫމާތު މާރިޗު މަހުގެ ކުރިން ހުށަހެޅުން
ކޮންމެ ކުއާޓަރއެއްގައި މަޝްރޫޢުތަކުގެ ޕްރޮގްރެސް ރިޕޯޓު މަޖިލީހަށް ހުށަހެޅުން
މީގެ އިތުރުން، ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށާއި، ޓެކްސް ނުދައްކާ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތައް މުރާޖަޢާކުރުމަށާއި، ސަބްސިޑީ ޓާގެޓްކުރުމަށް ވެސް ކޮމިޓީން ވަނީ ލަފާ ދީފައެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް