ޔޫއޭއީ އަދި ތައިލެންޑުން އާސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހުމާ ގާތް - އެންސްޕާ

އެންސްޕާ ގެ ސީއީއޯ ހީނާ ވަލީދު

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ތައިލެންޑުން ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހުމާ ގާތްވެފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ހީނާ މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހީނާ ވިދާޅުވިގޮތުގައި، އާސަންދައިން މިހާރު ޔޫއޭއީ އަދި ތައިލެންޑުގެ ހޮސްޕިޓަލްތަކާއެކު މަސައްކަތްތަކެއް ކުރެވި، ބަޔަކާ އެކު ކުރިއަށްދެވޭނެ ހިސާބަށް ވާސިލުވެފައިވެއެވެ. އަދި މި ޚިދުމަތް ދެވޭނެ ދުވަހަކާއި އެކަމާ ބެހޭ އިތުރު ތަފުސީލުތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނިންމުމަކީ ރައީސް މުޙައްމަދު މުޢިއްޒު މިދިޔަ ޖެނުއަރީ މަހު އިޢުލާންކުރެއްވި ނިންމުމެކެވެ. ރައީސް އޭރު ވިދާޅުވެފައިވަނީ، އާސަންދައަކީ ހަމައެކަނި ވަކި ޤައުމެއްގައި ހުންނަ ޞިއްޙީ ޚިދުމަތް މަރުކަޒުތަކުގައި އެކަނި ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ތައިލެންޑާއި ޔޫއޭއީއަށް އާސަންދަ ފުޅާކުރާނެ ކަމަށެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބަދަލާއެކު އާސަންދައިގެ ދަށުން އެ ޤައުމުތަކުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ހޮސްޕިޓަލްތަކުގައި ބޭސްފަރުވާގެ އިތުރުން އެކޮމޮޑޭޝަން ޚަރަދުތައް ވެސް އޭގެތެރޭގައި ހިމަނާނެއެވެ. މިއީ ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާވަންދެން ދިވެހިން ފެންވަރު ރަނގަޅު ޞިއްޙީ ނިޒާމުތައް ހުންނަ ޤައުމުތަކުގެ ހޮސްޕިޓަލުތަކަށް ދިއުމަށް ފަހިކޮށްދޭ ފިޔަވަޅެކެވެ.

މިހާރު އާސަންދައިގެ ޚިދުމަތް ރާއްޖެއިން ބޭރުން ލިބެނީ އަވައްޓެރި އިންޑިއާ އާއި ސްރީލަންކާގެ ބައެއް ހޮސްޕިޓަލުތަކުންނެވެ. މި ބަދަލާއެކު، ދިވެހިންނަށް އިތުރު ޤައުމުތަކަކުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މިހާރު ބޭސްފަރުވާއަށް ދާ ދިވެހިންގެ އަތުން އެންމެ ބޮޑު ޚަރަދެއް ދާ އެކޮމޮޑޭޝަން ޚަރަދުތައް ވެސް އާސަންދައިގެ ތެރެއިން ހަމަޖެހިގެންދާނެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

31 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy