ވޭތުވެދިޔަ 11 އަހަރެއްހައި ދުވަހުގެ ތެރޭގައި ޙައްޖު ކޯޕަރޭޝަން ހިންގާފައިވަނީ ގެއްލުމުގަ - އެމްޑީ

ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް

ވޭތުވެދިޔަ 11 އަހަރެއްހައި ދުވަހުގެ ތެރޭގައި ޙައްޖު ކޯޕަރޭޝަން ހިންގާފައިވަނީ ގެއްލުމުގައި ކަމަށާއި މިއަހަރުތަކުގައި 168 މިލިޔަން ރުފިޔާގެ ދަރަނި އޮތް ކަމަށް ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް މިހެން ވިދާޅުވ، ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ޝަކީލް ވިދާޅުވި ގޮތުގައި ޙައްޖު ކޯޕަރޭޝަނުން މިހާރުވެސް ޙައްޖަށް މީހުން ފޮނުވަނީ ގެއްލުމުގައެވެ. އެ ގޮތުން، މިހާރު ޙައްޖަށް ގެންދާ އަގަކީ 2013 ވަނަ އަހަރު ކަނޑައެޅި އަގެކެވެ. އެއީ، 69،965 ރުފިޔާއެވެ.

"ވިސްނާލީމާ އެނގިވަޑައިގަންނަވާނެ ތަކެތީގެ އަގަށް އައިސްފައިވާ ބަދަލުތަކާއި، އެއާލައިން ޓިކެޓުތަކަށް އައިސްފައިވާ ބަދަލުތަކާއި އެކޮމޮޑޭޝަނާ މި ކަހަލަ ހުރިހާ ތަކެއްޗަކާ އެއްކޮށް އަގުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި،" އޭނާ ވިދާޅުވިއެވެ.

"އެވްރެޖްކޮށް ގާތްގަނޑަކަށް ލައްކައެއްހައި ރުފިޔާ ކޮންމެ ޙައްޖުވެރިއަކަށް ޚަރަދުވެގެން އެބަދޭ،"

ޝަކީލް ވިދާޅުވީ، 3،000 މީހުން ޙައްޖަށް ގެންދާނަމަ ޙައްޖު ކޯޕަރޭޝަނުން މިހާރު އިތުރަށް 30 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހޭ ކަމަށެވެ. އެހެންވެ، ޙައްޖަށް މީހުން ގެންދާ އަގު ކުޑަކުރަން ޙައްޖު ކޯޕަރޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހަދަން މަސައްކަތްކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ގޮތުން، ރިސްކު ކުޑަ ވިޔަފާރިތަކަށް އެ ކުންފުނިން އިންވެސްޓްކުރަން ނިންމައި، ބައެއް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ، އެހެންވެ ބޭރު ފައިސާ ހޯދަން މާފުށީގައި ގެސްޓްހައުސްއެއް ތަރައްގީކޮށް، ހަލާލް ޓޫރިޒަމް ތައާރަފުކުރަން ނިންމާފައިވާ ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން މާފުށީ ކައުންސިލްގެ ކުންފުންޏާއި ޙައްޖު ކޯޕަރޭޝަން ގުޅިގެން ސަބްސިޑިއަރީ ކުންފުންޏެއް ހަދަން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކަމަށް މާފުށިން ބޮޑު ބިމެއް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ކަމަށްޓަކައި އިންވެސްޓްކުރާނެ ފަރާތްތަކެއް ވެސް އަޅުގަނޑުމެންނަށް އޯލްރެޑީ އެޕްރޯޗްކޮށްފައިވަނީ. މާފުއްޓަކީ އޯލްރެޑީ ޓޫރިޒަމަށް އެސްޓާބްލިޝްޑް ތަނެއް ވީމާ މިއީ ވަރަށް ރިސްކު ކުޑަ، އެހެންނަމަވެސް ރަނގަޅު އާމްދަނީއެއް ބޭރު ފައިސާއެއް ލިބޭނެ މަގެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ މި ދާއިރާއަށް އިންވެސްޓްކުރަނީ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޙައްޖު ކޯޕަރޭޝަނުން އަންނަނީ ހުޅުމާލޭގައި ލަގްޒަރީ އެޕާޓްމަންޓްތަކެއް ވެސް ބިނާކުރަމުންނެވެ. ޝަކީލް ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދަނީ އެ އިމާރާތް ކުރެހުމުގެ މަސައްކަތެވެ. ކުރިއަށް އޮތް ދެތިން މަހެއް ތެރޭ އެ މަސައްކަތް އެވޯޑުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ޙައްޖަށް މީހުން ގެންދަން ލިބޭ ހުރިހާ ކޯޓާއެއް ޙައްޖު ކޯޕަރޭޝަނަށް ދޭން ނިންމައިފައެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

38 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy