ސީ-ޓު-އެއާ ކާގޯ ޚިދުމަތުން 3 މިލިއަން ޑޮލަރަށް ވުރެ ގިނަ އާމްދަނީ ލިބިއްޖެ

ސީ-ޓު-އެއާރ ކާގޯގެ ޚިދުމަތަކީ ރާއްޖެއަށް ނަފާ ހޯދިދާނެ ޚިދުމަތެއް

ސީ-ޓު-އެއާ ކާގޯގެ ޚިދުމަތުން މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މި ޚިދުމަތަކީ ވައިގެ މަގުންނާއި ކަނޑު މަގުން މުދާ އެއްތަނުން އަނެއް ތަނަށް އުފުލައިދޭ ޚިދުމަތެކެވެ.

މިދިޔަ މެއި މަހު ފެށި މި ޚިދުމަތުން ރާއްޖޭގެ އިގްތިސާދަށް މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށް ވަޖީހު ވިދާޅުވިއެވެ. އަދި މިއީ އިގްތިޞާދަށް ބޮޑު މަންފާއެއް ކުރާނެ ސިނާއަތަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިހާތަނަށް ކަނޑު މަގުން ރާއްޖެ އައި 210 ކޮންޓެއިނަރުން 1،008،000 ކިލޯގެ މުދާ ދުނިޔޭގެ އެކި ގައުމުތަކަށް ވައިގެ މަގުން ފޮނުވާފައިވާ ކަމަށް ވަޖީހު ވިދާޅުވިއެވެ. މި މުދާ ރާއްޖޭން ބޭރަށް ގެންދަން 11 އެއާލައިނަކުން ބައިވެރިވެފައިވާ ކަމަށާއި މުދާ ފޮނުވޭ ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި ކެނެޑާއާއި އިނގިރޭސި ވިލާތުގެ އިތުރުން ޔޫރަޕްގެ ގައުމުތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މިދިޔަ އަހަރާ އަޅައިބަލާއިރު ރާއްޖެއަށް އައި ކާގޯގެ އަދަދު 16 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އެމްޕީއެލްގެ ހިސާބުތަކުން ދައްކާކަން ވަޖީހު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ކޮންޓެއިނަރ ކާގޯގެ 9 އިންސައްތަ އާއި ޖެނެރަލް ކާގޯގެ 22 އިންސައްތަ އިތުރުވުން ހިމެނެއެވެ.

މި ޚިދުމަތް ކުރިއަށް ގެންދަނީ އެމްޕީއެލް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އާއި ބައިނަލްއަގުވާމީ އެއާލައިންތަކާ ގުޅިގެންނެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

25 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy