ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު - ފޮޓޯ/ ރައީސް އޮފީސް
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި ''މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި އައު ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް މަޖިލީހުން ބޭރުކޮށްލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅުވައިގެން ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާއަށް ފަހު ނުކުމެވަޑައިގަންނަވަނިކޮށް ނޫސްވެރިއަކު ވަނީ އެ ބިލު މަޖިލީހުން ބޭރު ކުރާނެތޯ ރައީސްގެ އަރިހުން ސުވާލުކޮށްފައެވެ.
ރައީސް ވިދާޅުވީ މީޑިއާ ކޮންޓްރޯލް ކުރާ ބިލް ބަލައިގަންނާން ޕީއެންސީ ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރުން ވޯޓު ނުދޭނެ ކަމަށާއި އަދި އެ ބިލު މަޖިލީހުން ބޭރުވެސް ކުރާނެ ކަމަށެވެ.
"ޔޭސް އެ ބިލް [މީޑިއާ ކޮމިޝަން ބިލް] މަޖިލީހުން ބޭރު ކުރާނަން. ބޭރު ކުރާނަން. އޮފްކޯޒް. ބިލާ ދެކޮޅޭ ބުނެފަ އެއަށް ތާއިދުކުރީމަ ދެން ކިހިނެއްތޯ ވާނީ؟،" ނޫސްވެރިޔާގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ޖަލްސާއަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު ހުށަހެޅުއްވީ، ސަރުކާރުގެ ކަންކަމަށް ތާއީދު ކުރައްވަމުން ގެންދަވާ، އެކަމަކު މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނުއެވެ.
އެ ބިލުގައިވާ ގޮތުން ނަމަ ބިލު ގާނޫނަކަށްވެ، ޢަމަލު ކުރާން ފެށުމާއެކު އެމްއެމްސީ އާ ބްރޯޑްކޮމްގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެދޭނެއެވެ.
މި ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށް ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސް އައްޔަން ކުރައްވާ ހަތަރު މެންބަރުންނާއި މީޑިއާ ތަކުން އިންތިހާބު ކުރާ ތިން މެންބަރުން ކަމަށް ބިލުގައި ވެއެވެ. އޭގެ އިތުރުން އެ ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރުވެސް ދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ރައީސް، އެ ދެ މަގާމަށް ބޭފުޅުން ހަމަޖައްސަން ޖެހެނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރުހުމާ އެކުއެވެ.
އެ ބިލުގައި އަލަށް އުފައްދައި ކޮމިޝަނާ މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި މީޑިއާތަކާއި ނޫސްވެރިންގެ މަޝްވަރާގެ މަތީން މީޑިއާތަކާއި ނޫސްވެރިން ޢަމަލުކުރާޖެހޭ ސުލޫކީ މިންގަނޑެއް އެކުލަވައިލުން ހިމަނާފައިވެއެވެ.
ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ މީޑިއާތައް ޖޫރިމަނާ ކުރުމާއި ލައިސަންސް ހިފެހެއްޓުމާއި ޕްރޮގްރާމެއް ނުވަތަ ޕްރޮގްރާމެއްގެ ބައެއް ހުއްޓުވައި މާފަށް އެދެން އެންގުން ފަދަ ބޮޑެތި ބާރުތަކެއް ވެސް ކޮމިޝަނަށް އެ ބިލުން ލިބެއެވެ.
އެގޮތުން ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލްގައި ބުނެފައިވެއެވެ. މީޑިއާތަކުގެ އިތުރުން ވަކިވަކި ނޫސްވެރީވެސް 5،000 ރުފިޔާ އާއި 10،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ.
އެ ބިލުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ގާނޫނުއަސާސީން ނޫސްވެރީންނަށް ލިބިދޭ ހައްގުތައް ޒިންމާދާރު ކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑީއާތަކާއި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރީންނާއި އެހެނިހެން ފަރާތްތަކުން ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމެވެ.
ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ކޮމެންޓް