ބ. އޭދަފުށީގައި 1،000 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެއްބަސްވުމުަގއި ސޮއިކުރުން

ބ. އޭދަފުށީގައި 1،000 ހައުސިން ޔުނިޓު އެޅުމަށް ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ މިއަދު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ސައިނޯ ހައިޑްރޯ ކޯޕަރޭޝަންގެ ކަންޓްރީ މެނޭޖަރު ޕެން ގުއަންޝޫއެވެ.

މި މަޝްރޫއުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މިއީ މިދިޔަ މެއި މަހު ސައިނޯ ހައިޑްރޯ ކޯޕަރޭޝަނާ އެކު ވެފައިވާ ފަހުމުނާމާއެއްގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއުގެ ދަށުން 15 ފަންގިފިލާގެ 12 ޓަވަރު އެޅުމަށް ވަނީ ނިންމާފައެވެ. މި ޓަވަރުތަކުގައި ތިން ކޮޓަރީގެ 336 އަދި ދެ ކޮޓަރީގެ 672 ފްލެޓު ހިމެނޭނެއެވެ.

މިގޮތަށް ޓަވަރުތަކެއް އެޅުމަށް ނިންމި ސަބަބުގެ ގޮތުގައި މުއްތަލިބު ފާހަގަކުރެއްވީ އޭދަފުއްޓަކީ ސަރުކާރުން ކަނޑައަޅާފައިވާ އާބަން ސެންޓަރަކަށް ވުމާއި އެ ރަށަށް ބިން އިތުރުކުރެވެން ނެތުމެވެ. އަދި މި މަޝްރޫއަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެ މަސައްކަތްކުރާ ސަރަހައްދުން އާއިލާއަށް ދިރިއުޅެވޭނެ ގޮތަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދިނުމުގެ ރައީސްގެ ވައުދުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫއު ނިންމާނެ ވަކި ދުވަހެއް މުއްތަލިބު ވިދާޅުނުވި ނަމަވެސް، 2025 ވަނަ އަހަރުގެ ތެރޭގައި މަޝްރޫއަށް ފައިސާ ހަމަޖެހި، އަމަލީ މަސައްކަތް ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މި މަޝްރޫއުގެ ސަބަބުން އޭދަފުށީގެ އާބާދީ އާއި ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމަށްވެސް މުއްތަލިބު ފާހަގަކުރެއްވިއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

23 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy