ހައްޔަރުކުރެވުނު ފަރާތް
އއ. މަތިވެރި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ރެކްރޫޓް ފުލުހެއް، އޭނާގެ ލޯބިވެރިޔާއަށް ބިރުދައްކައި ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ހައްޔަރުކުރެވުނު ފަރާތަކީ އެ ރަށުގެ ފަޒާ، 19 އަހަރުގެ ޒައިދާން މުޙައްމަދެވެ.
ފުލުހުން ވިދާޅުވީ، ޒައިދާން އޭނާގެ ލޯބިވެރިޔާގެ އޮރިޔާން މަންޒަރު ފެންނަ ފޮޓޯ އަދި ވީޑިއޯ ސޯޝަލް މީޑިއާގައި ލީކުކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި ބްލެކްމެއިލް ކުރިކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. މި މައްސަލައިގައި އިއްޔެ އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ހާމަކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން ޒައިދާންގެ ބަންދާމެދު ގޮތެއް ނިންމުމަށް މަތިވެރި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭނާ ތިން ދުވަހަށް ބަންދުކުރުމަށް ކޯޓުން ނިންމާފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
މިފަދަ މައްސަލަތައް ހިނގުމަކީ މުޖުތަމައުގެ ކަންބޮޑުވުން އޮތް ކަމެކެވެ. ޚާއްޞަކޮށް ފުލުހުންގެ ތެރެއިން މިފަދަ ކަމެއް ހިނގުމަކީ އާންމުންގެ އިތުބާރަށް އަސަރުކުރާނެ ކަމެއް ކަމަށް ބެލެވެއެވެ. މި މައްސަލައިގައި ފުލުހުން އަވަސް ފިޔަވަޅު އަޅާފައިވާކަން ފާހަގަކުރެވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް