ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރެވޭގޮތަށް ގާނޫނު އިސްލާހުކޮށްފި

ޕާޓީތަކުގެ މެމްބަރުން ހިންގާ ކަންތަކުގެ ޒިންމާ ޕާޓީތަކުން ނަގަންޖެހޭނެ

ސިޔާސީ ޕާޓީއެއްގެ މެންބަރަކު ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ، އޭނާ ނިސްބަތްވާ ޕާޓީއެއް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭގޮތަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު ފާސްކުރަން ފެންނަ ކަމަށް 61 މެންބަރުން ވޯޓު ދެއްވި އިރު، 10 މެންބަރުން ވޯޓު ދެއްވީ ފާސްކުރަން ނުފެންނަ ކަމަށެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ. ބިލަށް ދެ އިސްލާހެއް ވަނީ އިތުރުކޮށްފައެވެ. އެއީ ޕާޓީއެއް އުވާލި ނަމަވެސް އެ ޕާޓީގެ ނަމާއި ނިޝާނާއި ސިއްކަ އާއި ކުލަ ފަދަ ޕާޓީ ރަމްޒުކޮށްދޭ ތަކެތި ޕާޓީ އުވާލާތާ ފަސް އަހަރު ނުވާ ނަމަ ބޭނުން ނުކުރެވުމާއި، ފަސް އަހަރަކުން އެއް ފަހަރު ގައުމީ ބައްދަލުވުމެއް ނުބޭއްވިޔަސް ޕާޓީ އުވާނުލެވޭ ގޮތަށް ގާނޫނު ބަދަލުކުރުމެވެ.

މި ބިލުގައިވާގޮތުން، ޕާޓީއެއްގެ މެންބަރަކު ގާނޫނާ ހިލާފުވެއްޖެނަމަ، އެ މެންބަރަކު 30،000 ރުފިޔާ އާއި 75،0000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިތުރުން، އެ މެންބަރަކު ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

މީގެއިތުރުން، ސަރުކާރުން ވަނީ މި ގާނޫނުގެ 10 ވަނަ މާއްދާ އުވާލުމަށް ވެސް ހުށަހަޅާފައެވެ. އެ މާއްދާގައި ބުނެފައިވަނީ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިހާބުގައި އެހެން އެއްވެސް ހައިސިއްޔަތަކުން ކުރިމަތިލައިގެން ނުވާނެ ކަމަށެވެ. ނަމަވެސް މި މާއްދާއަކީ ސުޕްރީމް ކޯޓުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅާފައިވާ މާއްދާއެކެވެ.

މި އިސްލާހުތަކާއެކު ސިޔާސީ ޕާޓީތަކުގެ މައްޗަށް އިތުރު ގާނޫނީ ޒިންމާތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އަދި ޕާޓީތަކުން ގާނޫނާ ހިލާފު ޢަމަލުތައް ހިންގުމަށް ހުރަސްއެޅި، އިތުރު ޒިންމާދާރުކަމާއެކު ޕާޓީތައް ހިންގުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

50 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy