މީޑިއާ ރެގިއުލޭޓްކުރާ އައު ކޮމިޝަނެއް އުފެއްދުމަށް ބިލެއް ހުށަހަޅަނީ

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

މީޑިއާ ރެގިއުލޭޓް ކުރުމަށް އައު ކޮމިޝަނެއް އުފެއްދުމަށް ހުށަހަޅާ ބިލެއްގެ ފުރަތަމަ ކިޔުން އިއްވުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ.

މި ބިލު ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރެވެ.

'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު' ގެ ނަމުގައި ހުށަހަޅާފައިވާ މި ބިލުގެ ދަށުން މިހާރު މީޑިއާ ރެގިއުލޭޓް ކުރުމަށް އޮންނަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އުވާލައި، އެއް މުއައްސަސާއަކަށް އެ މެންޑޭޓު ދޭން ވަނީ ހުށަހަޅާފައެވެ.

މި ބިލުގައިވާ ގޮތުން އުފައްދާ އައު ކޮމިޝަން އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އޭގެ ތެރެއިން ހަތަރު މެންބަރުން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަނެއް ތިން މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުންނެވެ. މިގޮތަށް އޮތުމުން ސަރުކާރަށް މި ކޮމިޝަންގެ ފުރިހަމަ އަޣުލަބިޣުލަބިއްޔަތު އޮންނާނެއެވެ.

ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ވެސް ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ކޮމިޝަންގެ މެންބަރުންގެ މަޤާމުގެ މުއްދަތަކީ ފަސް އަހަރެވެ. އަދި ވިދިވިދިގެން ނުވަތަ އެނޫން ވެސް ގޮތަކަށް ފަސް އަހަރުގެ ދެ ދައުރަށް ވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުހުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްޤީކުރުމާއި، ނޫސްވެރިންނަށް ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުން ހިމެނެއެވެ. އަދި މީޑިއާތަކާއި ނޫސްވެރިން ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމަށް ވަކި މުއައްސަސާއެއް އުފެއްދުމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގައި ހިމެނޭ އެހެނިހެން މުހިންމު ކަންތައްތަކުގެ ތެރޭގައި ބްރޯޑްކާސްޓަރުންނާއި ނޫސްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމާއި، ލައިސަންސް ބާޠިލުކުރުމަށް ކޯޓަށް ހުށަހެޅުމުގެ ގެ ބާރު ކޮމިޝަނަށް ދިނުން ހިމެނެއެވެ. މީގެ އިތުރުން ނޫސްވެރިންނަށް ވެސް ފިޔަވަޅު އެޅުމުގެ ބާރު ކޮމިޝަނަށް ދީފައިވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

33 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy