ރާއްޖޭގެ 21 ސްކޫލެއްގެ 135 ދަރިވަރުންނަށް ވަނީ ސްކޮލަޝިޕް ހަވާލުކޮށްފަ
ކިޔަވައިދިނުމުގެ ރޮނގުން ކުރިއަށް ދިއުމުގެ މަގުސަދުގައި އޭލެވެލަށް ކިޔަވަން ފެށި 135 ދަރިވަރުންނަށް ސްކޮލާޝިޕްގެ ލިޔުން މިއަދު ހަވާލުކޮށްފިއެވެ.
މި ސްކޮލަޝިޕް ދިނުމުގެ ރަސްމިއްޔާތު ބޭއްވުނީ އެވެ.
އެމްއެންޔޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު އަދި އެހެނިހެން ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް މުއިއްޒު ވަނީ ޕްރޮގްރާމްގައި ބައިވެރިވި 135 ދަރިވަރުންގެ ތެރެއިން ކޮންމެ ސްކޫލަކުން އެއް ދަރިވަރަކަށް ސްކޮލާޝިޕްގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުން އޭލެވެލްގެ ކިޔެވުމާއެކު ޓީޗިން ފައުންޑޭޝަން ނިންމުމަށްފަހު ޓީޗިން ޑިގްރީ ޕްރޮގްރާމް ވެސް ފަށާނެއެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް މަހަކު 1،500 ރުފިޔާ ދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައިވެއެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ސްކޫލުތަކަށް ބޭނުންވާ ދެހާހެއްހާ އިތުރު ޓީޗަރުން ތަމްރީނުކުރުމަށް ކަނޑައަޅާފައިވާ ޚާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 21 ސްކޫލަކުން ދަރިވަރުން ބައިވެރިވެފައިވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް