އަސެނަލާއި އިންޓާރ ބައްދަލުކުރި މެޗުގެ ތެރެއިން
ޔުއެފާ ޗެމްޕިއަންސް ލީގުގެ ރޭ ކުޅުނު މެޗުގައި އިންޓަ މިލާން އާސެނަލް އަތުން 1-0 އިން މޮޅުވެފައެވެ.
އިންޓަގެ މޮޅުވުމުގެ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހަކަން ޗަނޮނޮގްލޫ އެވެ. އެއީ އިންޓަގެ މަހުދީ ތަރޭމީ ބޯޅަހިފައިގެން ދިޔުމުގެ ތެރޭގައި އާސެނަލްގެ މިކޭލް މެރީނޯގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުންނެވެ.
މި މެޗުގައި އާސެނަލުން ވަނީ ޕެނަލްޓީއަކަށް ވަރަށް ބޮޑަށް އެޕީލްކޮށްފައެވެ. އެއީ އާސެނަލްގެ މެރީނޯ ބޮލުން ޖަހަން އެރި ބޯޅައެއްގައި އިންޓަގެ ކީޕަރު ޔެން ސޮމާ ފައުލުކުރި ކަމަށް ބުނެއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހުވެސް އެއީ ޕެނަލްޓީއެއް ކަމަށް ނުނިންމައެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަނީ ރެފްރީންގެ ނިންމުންތައް އެކި ފަހަރު އެކި ގޮތަށް ހުންނަ ކަމަށާއި މީގެ ގެއްލުން ކުރިމަތިވަނީ ޓީމުތަކަށް ކަމަށް ބުނެފައެވެ. މި މޮޅާ އެކު އިންޓަ ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައި ފަސްވަނައަށް ޖެހިލާފައެވެ. އަދި އާސެނަލް އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު 12 ވަނައިގައެވެ.
މީގެ އިތުރުން ރޭގެ އެހެން މެޗެއްގައި ޕީއެސްޖީ ދަނޑުގައި އެތުލެޓިކޯ މެޑްރިޑުން ވަނީ 2-1 އިން މޮޅުވެފައެވެ. އަދި ބާސެލޯނާ ވަނީ ރެޑްސްޓާ ބެލްގްރޭޑް އަތުން 5-2 އިން މޮޅުވެފައެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް