ސަރުކާރުގެ ޓެކްސީ ލައިން ހިދުމަތުން ޓެކްސީ ވިޔަފާރިވެރިންނަށް ގެއްލުމެއް ނުވާނެ: މިނިސްޓަރު އަމީން

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން / ފޮޓޯ: ރައީސް އޮފީސް

މާލެ ސަރަހައްދުގައި ސަރުކާރުގެ ކުންފުންޏަކުން ޓެކްސީ ހިދުމަތް ދިނުމަށް ނިންމި ނަމަވެސް، މިހާރު ޓެކްސީގެ ވިޔަފާރީގައި އުޅޭ ފަރާތްތަކަށް އޭގެ ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، މިހާރު ޓެކްސީގެ ވިޔަފާރި ކުރާ ފަރާތްތަކުގެ އާމްދަނީއަށް ގެއްލުން ނުވާނެ ގޮތަކަށް އައު ނިޒާމު ބައްޓަން ކުރާނެ ކަމަށެވެ. އަދި މިކަމުގެ ޔަގީންކަން އެ ވިޔަފާރީގައި އުޅޭ ފަރާތްތަކަށް ކުރިން ވެސް ދެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ، ރައްޔިތުންގެ އާމްދަނީގެ ހާލަތަށް ބަލާއިރު ޓެކްސީގެ ފީތައް ބޮޑުކުރުމަކީ ވެސް މިވަގުތު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ޓެކްސީގެ ހިދުމަތް ދޭ މިންގަނޑުތައް މަތިކުރުމަށް މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތެއް ތަޢާރަފްކުރަން ނިންމާފައިވަނީ މިހާރު ޓެކްސީގެ ހިދުމަތް ލިބެމުންދާ މިންވަރު އާންމުންގެ ޑިމާންޑާ އެއްވަރަށް ނުވާތީ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އަދި މި ހިދުމަތް ފޯރުކޮށްދިނުމުގައި ބިދޭސީންނަކަށް ޓެކްސީ ޑްރައިވަރުކަމެއް ނުކުރެވޭނެ ކަމަށާއި، ޑްރައިވަރުންނަށް ގަޑިއިރަކަށް 100 ރުފިޔާއަށްވުރެ ދަށް އަގެއް ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި އައު ނިޒާމުގެ ދަށުން، ޓެކްސީ ލައިންގެ 50 ޕަސެންޓް މުވައްޒަފުންނަކީ ދާއިމީ މުވައްޒަފުންގެ ގޮތުގައި ތިބޭނެ ކަމަށާއި، ބާކީ 50 ޕަސެންޓް ސްލޮޓްތައް ދޫކުރާނީ ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި ޓެކްސީ ދުއްވަން ބޭނުންވާ ފަރާތްތަކަށް ކަމަށް މިނިސްޓަރު އަމީން ހާމަކުރެއްވިއެވެ. މީގެ އިތުރުން، ޓެކްސީ ލައިންގައި މަސައްކަތްކުރި ނަމަވެސް އަމިއްލަ ޓެކްސީ ވެސް ދުއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

39 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy