މިނިސްޓަރު އަހުމަދު ޝިޔާމް / ފޮޓޯ: ރައީސް އޮފީސް
މި ސަރުކާރުގެ ފުރަތަމަ ފަސް އަހަރު ނިމޭއިރު ރާއްޖޭގައި މަސް ފިނިކޮށް ރައްކާކުރެވޭ މިންވަރު 8,500 ޓަނުން 25,000 ޓަނަށް އިތުރު ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސް ރައްކާކުރާނެ ކެޕޭސިޓީ މަދުވުން ކަމަށެވެ. އެކަށީގެންވާ ސްޓޯރޭޖު ކެޕޭސިޓީ ނެތުމަކީ ރާއްޖެއިން ބޭނުންވާ އަގުގައި މަސް ބޭރު ކުރުމަށް އޮތް ބޮޑު ހުރަހެއް ކަމަށް ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިހާރު މިފްކޯއަށް ކިރާ މަހުގެ ބޮޑު އިންސައްތައެއް ރޯމަހުގެ ގޮތުގައި ބޭރުކުރަން ޖެހޭ ކަމަށާއި، އެހެންކަމުން މަސް ވިއްކަން ޖެހެނީ ރާއްޖެއިން ބޭނުންވާ އަގަށްވުރެ ދަށް އަގުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލަ ހައްލުކުރުމަށް، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މަސް ރައްކާކުރާނެ ސްޓޯރޭޖު ގާއިމް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ތެރޭގައި ގދ. ތިނަދޫ، ގދ. ފިޔޯރީ، ގއ. ކޫއްޑޫ، ސ. ހުޅުދޫ، ފ. ނިލަންދޫ، މ. މުލަކު، ހއ. އިހަވަންދޫ އަދި ޅ. ފެލިވަރުގައި އައު ސްޓޯރޭޖު ފެސިލިޓީތައް ގާއިމްކުރުން ހިމެނެއެވެ.
މީގެ އިތުރުން، މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ވެސް އިތުރުކުރުމަށް ރޭވިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މިގޮތުން ޅ. ފެލިވަރު، ފ. ނިލަންދޫ އަދި ގދ. ފިޔޯރީގައި އައު ޕްރޮސެސިން ފެސިލިޓީތައް ގާއިމްކުރެވޭނެއެވެ. މި މަސައްކަތްތަކާއެކު، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ ދެގުނަ ނުވަތަ ތިން ގުނަ އިތުރުވާނެ ކަމަށް މިނިސްޓަރު އުންމީދު ކުރައްވައެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް