ސަރުކާރުން "ހިޔާވަހި" ލޯން ސްކީމް ތަޢާރަފުކޮށްފި

ސަރުކާރުގެ "ހިޔާވަހި" ލޯން ސްކީމް ލޯންޗުކޮށްދެއްވުން

ސަރުކާރުގެ "ހިޔާވަހި" ލޯން ސްކީމް މިއަދު ތަޢާރަފުކޮށްފިއެވެ.

މި ސްކީމަކީ ގެދޮރު އިމާރާތްކުރުމަށް ކުޑަ އިންޓަރެސްޓެއްގައި ލުއި ލޯނު ދޫކުރުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހަފްލާއެއްގައި މި ސްކީމް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.

މި ސްކީމްގެ ދަށުން ތިން ބާވަތެއްގެ ލޯނު ދޫކުރެވޭނެއެވެ. އެއީ އަތޮޅުތެރޭގެ ރަށްރަށަށް ޚާއްޞަކޮށްފައިވާ "ހިޔާވަހި ރަށްވެހި"، އާބަން ސެންޓަރުތަކަށް އަމާޒުކޮށްފައިވާ "ހިޔާވަހި ސަހަރު" އަދި މާލޭ ސަރަޙައްދަށް ޚާއްޞަކޮށްފައިވާ "ހިޔާވަހި ފުރަމާލެ" އެވެ.

ހައުސިންގ މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވި ގޮތުގައި މި ލޯނު ދޫކުރެވޭނީ ފުރަތަމަ ބޯހިޔާވަހިކަމެއް ހޯދަން ބޭނުންވާ ފަރާތްތަކަށެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ފްލެޓެއް ނުވަތަ ހައުސިންގ ޔުނިޓެއް ލިބިފައިވާ ފަރާތްތަކަށް މި ލޯނު ނުލިބޭނެއެވެ.

މި ސްކީމްގެ ދަށުން އަލަށް ގެދޮރު އިމާރާތްކުރުމުގެ އިތުރުން، ނުނިމި ހުރި ގޭގެ ނިންމުމަށާއި ބާވެފައިވާ ގޭގެ އަލުން އިމާރާތްކުރުމަށްވެސް ލޯނު ދޫކުރެވޭނެއެވެ. މި ލޯނަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.

މިނިސްޓަރު ޙައިދަރު ވިދާޅުވި ގޮތުގައި މި ސްކީމްގެ ސަބަބުން ގިނަ އާއިލާތަކަކަށް ބޯހިޔާވަހިކަން ލިބި، އުފާވެރިކަން ގެނެސްދޭނެއެވެ. އަދި ދަތި ޙާލުގައި އުޅޭ އެތައް ފަރާތަކަށް އެހީތެރިކަން ލިބޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

30 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy