ސަރުކާރުގެ ކުންފުނިތަކުން އަހަރަކު ދެފަހަރު ބަޖެޓު އޮޑިޓް ހަދަންޖެހޭ ގޮތަށް ހަމަޖައްސައިފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު

ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ އިތުރުން، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުން، މަދުވެގެން އަހަރަކު ދެ ފަހަރު ބަޖެޓު ޕްރޮސެސް އޮޑިޓެއް ހަދަންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.

ޕީސީބީގެ ރައީސް ހަމްދީ އަގީލް ސޮއިކުރައްވައި މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ، އެސްއޯއީތަކުން އަހަރީ ބަޖެޓު އެކުލަވައިލަންޖެހޭ އުސޫލެއް އާންމުކޮށްފައެވެ. މި އުސޫލު އެކުލަވާލާފައިވަނީ ބަޖެޓު އެއްހަމައަކުން ދިރާސާ ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ކަނޑައެޅުމަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

އާ އުސޫލުގެ ދަށުން، މުވައްޒަފުންގެ ޚަރަދު އާމްދަނީގެ 30 ޕަސަންޓަށްވުރެ އިތުރުނުވުމާއި، މަޖުބޫރު ހާލަތެއްގައި ނޫނީ ބަޖެޓަށް ބަދަލު ނުގެނައުން ހިމެނެއެވެ. އަދި ބަދަލު ގެންނަން ޖެހިއްޖެނަމަ، ސަބަބު ބަޔާންކޮށް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ.

ޕީސީބީން ބުނެފައިވަނީ 2025 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގެ މަރުހަލާ ކުންފުނިތަކުން މިހާރު ފަށާފައިވާތީ، މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ބަޖެޓާ ގުޅޭ ލިޔެކިޔުންތައް އެކުލަވައިލަން ފަށާނީ 2026 ވަނަ އަހަރަށް ބަޖެޓު އެކުލަވައިލާއިރު ކަމަށެވެ. އެހެންނަމަވެސް، މި އުސޫލު ޝާއިއުކުރާ ދުވަހުން ފެށިގެން ބަޖެޓު ހާމަކުރުމުގެ މަސައްކަތާއި، ބަޖެޓު ރިވިއު ފޮނުވުމުގެ މަސައްކަތް މި އުސޫލާ އެއްގޮތަށް ކުރިއަށް ގެންދަންޖެހޭނެއެވެ.

މި އައު އުސޫލުތަކަކީ ދައުލަތުގެ ކުންފުނިތަކުގެ މާލީ ހިންގުން ހަރުދަނާކޮށް، ޒިންމާދާރުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

27 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy