މިދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި އަސްކަރިއްޔާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ

--

މިދިޔަ އަހަރެއްހާ ދުވަހުގެތެރޭގައިވެސް ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައިވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙިމް ޙިލްމީ ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި "ދިވެހި ސިފައިންގެ އަސްކަރީ ހުށައެޅުން" ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙިމް ޙިލްމީ ވިދާޅުވީ ދިވެހިންގެ ތެރެއިން 19 ބޭކަލުން ޝަހީދުވި ނޮވެމްބަރު 3ގެ ޙާދިސާއާއި މިނިވަންކަމުގެ ދިފާޢުގައި ސިފައިން ވެވަޑައިގެންނެވި ޤުރުބާނީއަކީ އަބަދަށްމެ ހަނދާންކުރަންޖެހޭ ޙާދިސާއެއްކަމަށެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި ވަނީ ނަސްރުގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރެއްވުމަށް ނިންމަވާ، އެ ހުރިހާ ހަރަކާތެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި ފާހަގަކުރައްވާފައެވެ. އަދި އެއީ އުދުވާނީ ޙަމަލާގައި ދިވެހިން ހޯދި ނަސްރުގެ އަގުވަޒަންކުރެއްވުމުގައި ވެރިއެއްގެ ޙައިސިއްޔަތުން ދެއްވާ އަހަމިއްޔަތުކަން ހާމަވާކަމެއްކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

"ސަރުކާރުން މި ދުވަސް ޤައުމީ ލެވެލްއެއްގައި ކުލަގަދަކޮށް ފާހަގަކުރަމުންދާތަން މި ފެންނަނީ. ޤައުމީ ފެންވަރުގައި އެ ޤުރުބާމީގެ އަގު ވަޒަންކުރަމުންދާތަން. ނަސްރުގެ ދުވަހުގެ ހުރިހާ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އެ ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުން." ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙިމް ޙިލްމީ ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙިމް ޙިލްމީގެ ވާހަކަފުޅުގައި ވަނީ ޤައުމީ ދިފާޢީ ބާރުގެ ޚިދުމަތްތައް ކުރިއަރުވާ އަސްކަރިއްޔާގެ އާ ގޮތްތައް، ޤައުމީ ދިފާއީ ބާރުގެ ޚިދުމަތަށް ތަޢާރަފުކުރައްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ދިފާޢީ ވަޒީރު ކުރައްވަމުންދާ މަސައްކަތުގެ ކާމިޔާބީ ފާހަގަކުރައްވާފައެވެ. އަދި ވެރިކަމުގެ ފުރަތަމަ އަހަރުގައިވެސް ގެންނެވި ކުރިއެރުން ފާހަގަކުރެއްވިއެވެ.

"އަސްކަރިއްޔާގެ ވައިގެ ޤާބިލުކަން އިތުރުކުރުމަށް "ވައިގެ އަސްކަރިއްޔާ" އުފެއްދެވި. އަދި މިހާރު މިވަނީ ކަނޑު އަޑީގެ ޚާއްސަ އޮޕަރޭޝަންތަކަށް "ސްޕެޝަލް ބޯޓް ސްކޮޑްރަން" އިފްތިތާޙުކޮށްދެއްވާފައި" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އަސްކަރިއްޔާއިން އަބަދުވެސް ތިބޭނީ، ދިވެހި ޤައުމަށް ކުރިމަތިވާ ކޮންމެ ޙާލަތަކަށް ތައްޔާރުވެ އަދި ޙާލަތުގެ ވަގުތުގައި ކެރިގެން ނިކުމެ ކުރިމަތިލާ އަސްކަރިއްޔާއެއްގެ ގޮތުގައިކަމަށް ޗީފް އޮފް ޑިފެންސް ވިދާޅުވިއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

30 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy