އެލައިޑް އިންސުއުރެންސް އަކީ ރާއްޖޭގައި ޚިދުމަތްދޭ އަމިއްލަ ކުންފުންޏެއް
އެލައިޑް އިންޝުއަރެންސް ކުންފުނިން އަނެއްކާވެސް ކޭޝްލެސް ޚިދުމަތް ދޭން ފަށައިފިއެވެ.
މި ގޮތަށް ނިންމާފައި މިވަނީ ޕްރައިވެޓް އިންޝުއަރެންސް އޮތް ނަމަ އެ އިންޝުއަރެންސްގެ ލިމިޓް ހަމަވުމުން ނޫނީ އާސަންދަ ދޫނުކުރަން ސަރުކާރުން ނިންމުމާ ގުޅިގެން އިއްޔެ އެލައިޑުން ކޭޝްލެސް ޚިދުމަތް މެދުކަނޑާލުމަށްފަހުގައެވެ.
އެލައިޑުން މިހާރު ވިދާޅުވެފައިވަނީ އައުޓްޕޭޝަންޓް ޚިދުމަތް ހޯދާ މީހެއްގެ ލިމިޓް ހަމަވަންދެން ކޭޝްލެސްކޮށް ޚިދުމަތް ދޭނެ ކަމަށެވެ. މި ބަދަލާއެކު، އަމިއްލަ އިންޝުއަރެންސެއް އޮތް ފަރާތްތަކަށް ޚިދުމަތް ހޯދާއިރު ފައިސާ ދައްކަން ނުޖެހޭނެއެވެ.
ސަރުކާރުން ވަނީ އާސަންދަ ސްކީމް ރިފޯމް ކުރުމުގެ މަސައްކަތުގެ ތެރެއިން އައުޓް ޕޭޝަންޓްގެ ޚިދުމަތްތަކަށް ބިލްކުރުމުގައި ޕްރައިވެޓް އިންޝުއަރެންސަށް އިސްކަންދިނުމަށް ނިންމައިފައެވެ. ނަމަވެސް، އެންސްޕާއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އެއްވެސް ފަރާތަކަށް ޕްރައިވެޓް އިންޝުއަރެންސްގެ ކަވަރޭޖް ޚިދުމަތް ނުލިބޭ ހާލަތެއްގައިވާ ނަމަ އެ ފަރާތަކަށް އާސަންދަ ސްކީމުން މިހާރު ވެސް ޚިދުމަތް ލިބެމުންދާގޮތަށް ބޭސްފަރުވާގެ ޚިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.
މި ބަދަލުތަކާއެކު، އިންޝުއަރެންސް ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ އާސަންދަ ސްކީމް އިތުރަށް ހަރުދަނާކުރުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް