ބުރައިޓަން އަތުން މޮޅުވެ ލިވަޕޫލް ލީގުގެ އެއްވަނައަށް އަރައިފި

ރޭގެ މެޗުގައި ސަލާވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްފައި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އާސެނަލް ބަލިވުމުގެ ފައިދާނަގައި، ލިވަޕޫލުން ލީގުގެ އެއް ވަނައިގައި ލީޑުހޯދައިފި އެވެ.

ލިވަޕޫލް މިހާރު އެއްވަނައިގައި އޮތީ 10 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ.

ރޭ ކުޅެވުނު ނިއުކާސަލް ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗުން އާސެނަލް ބަލިވެފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ނިއުކާސަލްގެ ލަނޑު މެޗުގެ 12 ވަނަ މިނިޓްގައި ޖެހީ އަލެކްސަންޑަ އިސާކް އެވެ.

އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ 2-1 ން ބޯންމައުތު އަތުން ބަލިވެފައިވާއިރު، ސިޓީ ކޮޅަށް ބޯންމައުތުން ލަނޑުތައް ޖެހީ، އެންޓޮއިން ސެމެންޔޯ އާއި އެވަނިލްސަން އެވެ. މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް، ސިޓީގެ ޑިފެންޑަރު، ޖޮސްކޯ ގްވާޑިއޯލް ލަނޑެއް ޖަހައި އެ ޓީމަށް އުންމީދެއް ހޯދައިދިނެވެ. އެކަމަކު، ބޯންމައުތުން ވަނީ ރަނގަޅަށް ޑިފެންސްކޮށް ލީޑު ހިފަހައްޓައި މެޗުން މޮޅުވެފަ އެވެ.

ލިވަޕޫލް ދަނޑުގައި ކުޅެވުނު ފޯރި ގަދަ މެޗުގައި ބުރައިޓަންގެ ފާޑީ ކަޑިއޯގްލޫގެ ގޯލަކުން ލީޑު ހޯދާފައި ވަނިކޮށް  މެޗުގެ 69 ވަނަ މިނިޓްގައި ކޯޑީ ގަކްޕޯ ނަތީޖާ ހަމަހަމަކުރި އެވެ. އޭގެ ދެ މިނިޓް ފަހުން، ލިވަޕޫލް މޮޅުވި ލަނޑު ޖެހީ މުހައްމަދު ސަލާހު އެވެ.

ރޭގެ މެޗުތަކަށް ފަހު އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާރ ސިޓީ ވަނީ 10 މެޗުން ލިބުނު 23 ޕޮއިންޓާއި އެކު ތާވަލުގެ ދެވަނައަށް ވެއްޓިފައެވެ. ތިން ވަނައިގައި އޮތީ މިރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން 3-0 އިން މޮޅުވި ނޮޓިންހަމް ފޮރެސްޓް އެވެ. އެ ޓީމަށް ވަނީ 10 މެޗުން 19 ޕޮއިންޓް ލިބިފަ އެވެ. އާސެނަލް ހަތަރެއްގައި އޮތީ 10 މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

team

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި

33 މިނިޓު ކުރިން
team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

1 ގަޑިއިރު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

12 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

14 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy