އުތުރި ކޮރެއާގެ މިސައިލް ޓެސްޓް ކުރުން
ރަޝިއާއަށް ސިފައިންނާއި ހަތިޔާރު ފޯރުކޮށްދޭނެކަމަށް އުތުރު ކޮރެއާގެ ޚާރިޖީ ވަޒީރާ ޗުވީ ޗުން ހުވާއި ރަސްމީކޮށް ހާމަކުރައްވައިފިއެވެ.
މޮސްކޯގައި ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވްއާ ބައްދަލުކުރެއްވުމަށްފަހު ދެއްވި ބަޔާނެއްގައި އެކަމަނާ ވިދާޅުވީ ރަޝިއާ ހަނގުރާމަކުރަނީ އެމެރިކާގެ "ޖައްބާރުވަންތަކަމާއި" "ނުލަފާކަމާ" ދެކޮޅަށް ކަމަށެވެ.
އުތުރު ކޮރެއާއިން މިފަދަ ނިންމުމެއް ނިންމާފައިވަނީ ރަޝިއާއާއެކު ދާދިފަހުން ވެފައިވާ ކޮމްޕްރިހެންސިވް ޕާޓްނަރޝިޕް އެއްބަސްވުމުގެ ދަށުންނެވެ. މިއީ ނޭޓޯގެ ގައުމުތަކުގެ މެދުގައި އޮންނަ ބާވަތުގެ އެއްބަސްވުމެކެވެ.
އުތުރު ކޮރެއާއިން މިކަން ހާމަކޮށްފައިވަނީ އެގައުމުން ރަޝިއާއަށް 12 ހާސް ސިފައިންނާއި ގިނަ އަދަދެއްގެ ހަތިޔާރު ފޮނުވިކަމުގެ ޚަބަރުތަކެއް ފެތުރިފައިވަނިކޮށެވެ. މީގެ އިތުރުން އުތުރު ކޮރެއާއިން ވަނީ އެމެރިކާގެ ކޮންމެ ތަނަކަށްވެސް ފޯރާފަދަ ނިއުކްލިއަރ ވޯހެޑް އުފުލުމުގެ ގާބިލްކަން ލިބިފައިވާ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް އުފައްދައި ދައްކާލާފައެވެ.
މި ކަންތައްތަކާ ގުޅިގެން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާއިން ބުނެފައިވަނީ މިއީ ރަޝިއާގެ މަތީ ފެންވަރުގެ އަސްކަރީ އަދި މަދަނީ ޓެކްނޮލޮޖީތައް އުތުރު ކޮރެއާއަށް ލިބިގެންދާނެ ކަމެއް ކަމަށެވެ.
އުތުރު ކޮރެއާއިން މިފަދަ ނިންމުމެއް ނިންމުމަކީ ޔުކްރެއިން ހަނގުރާމައިގައި ރަޝިއާއަށް އަސްކަރީ ގޮތުން އެހީތެރިވާނެކަމަށް ދުނިޔޭގެ ގައުމަކުން ރަސްމީކޮށް ހާމަކުރި ފުރަތަމަ ފަހަރެވެ. މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައި އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަމަށް ބެލެވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް