ސައުދީ ސުޕަ ލީގުގައި އަލް ހިލާލްއާއި އަލް ނަސްރުގެ ކުރިމަތިލުން އެއްވަރު

އަލް ނަސްރުގެ ތަރި ރޮނަލްޑޯ

ސައުދީ އަރަބިއްޔާގެ ސުޕަ ލީގުގައި ވާދަވެރި ދެ ޓީމު ކަމަށްވާ އަލް ހިލާލްއާއި އަލް ނަސްރު ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

މިއީ މި ލީގުގައި އަލް ހިލާލް މެޗަކުން މޮޅުނުވެ ތިން ޕޮއިންޓް ގެއްލުނު ފުރަތަމަ މެޗެވެ. މީގެ ކުރިން އެ ޓީމު ކުޅުނު 8 މެޗުންވެސް ވަނީ މޮޅުވެފައެވެ.

މެޗުގެ ފުރަތަމަ މިނިޓުގައި އަލް ނަސްރުގެ އެންޑަރސަން ޓަލިސްކާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދައިދީފައެވެ. ނަމަވެސް، އަލް ހިލާލްއިން މި މެޗުގައި ލަނޑު ޖަހާ އެއްވަރުކޮށްފައިވަނީ މެޗުގެ 77 ވަނަ މިނިޓުގައި ސަރބިޔާގެ މިލިންކޮވިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗާ ހަމައަށް ލީގުގައި ކުޅުނު 9 މެޗުން އަލް ހިލާލަށް 25 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ލިބިފައިވާއިރު، އަލް ނަސްރަށް 9 މެޗުން ލިބިފައިވަނީ 19 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައެވެ. ދެވަނައިގައި އޮތް އަލް އިއްތިހާދަށް 9 މެޗުން ވަނީ 24 ޕޮއިންޓް ލިބިފައެވެ.

ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މި ދެ ޓީމުގެ ކުރިމަތިލުމަކީ ސައުދީ ލީގުގައި އެންމެ ގިނަ ބައެއް އިންތިޒާރު ކުރާ އެއް މެޗެވެ. މި މެޗުގެ ނަތީޖާއާ ގުޅިގެން ލީގު ތާވަލުގައި އަލް ހިލާލްގެ ލީޑު ކުޑަވެ، ވާދަވެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި

20 މިނިޓު ކުރިން
team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

50 މިނިޓު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

11 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

13 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy