----
ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުގެ އެހީގައި ރާއްޖޭގައި 150 އެނދުގެ ތިން ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރ، ޑރ. މުހައްމަދު ޝަފީގުއެވެ. ސައުދީ ފަންޑުގެ ފަރާތުން ސޮއިކޮށްފައިވަނީ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދުއެވެ.
މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް އެ ފަންޑުން 50 މިލިއަން ޑޮލަރު ދޭނެއެވެ. މި ލޯނުގެ އެހީގައި 150 އެނދުގެ 3 ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ވަނީ ނިންމާފައެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު ވިދާޅުވީ، ރާއްޖޭގެ އެކިއެކި މަޝްރޫއުތަކަށް އެހީވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ތިން ލޯނާއި އެކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ހޮސްޕިޓަލްތަކުގެ ސަބަބުން އެންމެ ރަނގަޅު ފަރުވާ ނުލިބޭ ރަށްތަކުގެ ރައްޔިތުންނަށް ވެސް އެފަދަ ހިދުމަތްތައް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
"ސިއްހީ ހިދުމަތުގެ މި މަޝްރޫއަކީ ރައްޔިތުންގެ ދުޅަހެޔޮކަމާއި ގުޅިފައިވާ އުންމީދެއް. މިފަދަ ޕްރޮޖެކްޓްތަކަކީ ރައްޔިތުންގެ ސިއްހަތާއި ވަރަށް ގާތް މަޝްރޫއުތަކެއް. މިފަދަ ކަންކަމުގައި އެހީވުމަކީ ލިބޭ އުފަލެއް" މަރުޝަދު ވިދާޅުވިއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް