ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް
މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދާނެ ކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީގެ ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ މިއީ ރައީސް މުއިއްޒުގެ ސަރުކާރުން ތަންފީޒުކުރާނެ ވައުދެއް ކަމަށެވެ.
ޝިޔާމް ވިދާޅުވީ މަހުގެ އަގަށް ގެނައި ބަދަލުގެ ސަބަބުން ރައީސް މުއިއްޒުގެ ސަރުކާރު އައިއިރު މަސްވެރިންނަށް 250 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށާއި، އެ ފައިސާ ބަހަނާއެއް ދެއްކުމެއް ނެތި މި ސަރުކާރުން ދެއްކި ކަމަށެވެ. އަދި މަސްވެރި ސިނާއަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކެޕޭސިޓީ ނެތުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވީ އައްޑޫ ސިޓީ ހުޅުމީދޫގެ މަސް ފެކްޓްރީގެ ކެޕޭސިޓީ ބޮޑުކުރުމަށް މިދިޔަ ހަފްތާގައި ފަންޑު ހަމަޖެހިފައިވާ ކަމަށެވެ. މި މަޝްރޫއު 2025 ވަނަ އަހަރުގެ ކުރީކޮޅު ފަށައި، 2026 ވަނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް އަންދާޒާކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން މިހާރު 1500 ޓަނުގެ މަސް ރައްކާކުރެވޭ ކެޕޭސިޓީ އިތުރު 1000 ޓަނަށް އިތުރުކުރެވޭނެ ކަމަށާއި، 50 ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ އިތުރުކުރެވޭނެ ކަމަށްވެސް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ. މި ބަދަލުތަކާއެކު މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައި، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ސަރުކާރުން އުންމީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް